ރައްޔިތުންގެ މަޖިލީހުގެ ބައެެއް މެންބަރުން ސުޕްރީމް ކޯޓު ކައިރިއަށް ވަޑައިގަތުމުން ޕެޕަރ ސުޕްރޭ ޖަހާ ބާރުގެ ބޭނުންކުރުމުން ބައެއް މެންބަރުންނަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބާރުގެ ބޭނުންކުރުމުން އަނިޔާވި އެއް ބޭފުޅަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް އެވެ.
މަޖިލީހުގެ މެންބަރުން ސުޕްރީމް ކޯޓު ސަރަހައްދަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓު ސަރަހައްދުގައި ތިއްބަވާފަ އެވެ.
މެންބަރުން ސުޕްރީމް ކޯޓު ސަރަހައްދަށް ވަޑައިގެން ގޮވާލައްވާފައިވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމަށެވެ.
ސުޕްރީމް ކޯޓާ ދިމާލުގައި އޯކިޑް މަގުގެ ދުވާރު މަތީ މެންބަރުން އަޑުއުފުއްލަވަމުން ގެންދަވަނިކޮށް ފުލުހުން ވަނީ އެސަރަހައްދަށް ގޮސް އިންޒާރު ދިނުމަކާ ނުލައި ޕެޕަރ ސްޕްރޭ ޖަހާ ބާރުގެ ބޭނުންކޮށްގެން މެންބަރުން ފަހަތަށް ޖައްސުވާފަ އެވެ.
ސުޕްރީމް ކޯޓު ސަރަހައްދުން މެންބަރުން ފަހަތަށް ޖެއްސުމަށްފަހު ފުލުހުންނާއި ސިފައިން މިހާރު ވަނީ ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދު ބަންދުކޮށްފަ އެވެ.
ސުޕްރީމް ކޯޓު ކައިރީގައި ތިބި މެންބަރުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ