އާލާސްކަންފުޅާއި އުޅުއްވާތީ ހޯމަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓް ކުރި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
މައުމޫން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮސްޕިޓަލުން އެނބުރި ގެއަށް ވަޑައިގެންފައިވާ ކަމަށެވެ. މައުމޫން ވަނީ އެމަނިކުފާނަށް ފަރުވާ ދެއްވެވި ޑޮކްޓަރުންނާއި ނަރުހުންނަށް އަދި އައިޖީއެމްއެޗްގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރައްވާފައެވެ.
މައުމޫން އެޑްމިޓް ކުރީ އަރިދަފުސް ރޯގާ ރަނގަޅު ނުވެ، ދިގުލައިގެން ދިއުމުން ޓެސްޓުތަކެއް ހެދުމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މައުމޫންގެ ޖަލަށް ލާފައި ހުރި ދުވަސްވަރު އެމަނިކުފާނުގެ ސިއްހީ ހާލުހޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އާއިލާ އިން ބުނެފައި ވެއެވެ. ޖަލަށް ލުމުގެ ދުވަސްކޮޅެއް ކުރިން ފެށިގެން މައުމޫން އުޅުއްވީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ނަމަކަށް ކިޔާ އާލާސްކަންފުޅެއްގައި ކަމަށް އެދުވަސްވަރު މައުމޫންގެ ވަކީލުން ވެސް ވިދާޅުވެފައި ވެއެވެ. ބޯއެނބުރައިގަނެ ވެއްޓުމުގެ ބައްޔެކެވެ.
މައުމޫނަށް ހޮސްޕިޓަލްގައި ފަރުވާ ދީފައި ވާއިރު މި ހަފްތާގައި އެމަނިކުފާނު ވަނީ 82 ވަނަ އުފަން ދުވަސް ފާހަގަ ކުރައްވާފައެވެ.
މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ