ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިހާބުނުވުމަކީ އެއްގޮތަކަށް ވެސް މާޔޫސްވެ، ކަންބޮޑުވާ ކަމެއް ނޫން ކަމަށް އެ މަގާމަށް ވާދަކުރައްވައި، ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ގައުމާއި ޕީޕީއެމް އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނީ ލިބޭ އުފަލެއް ކަމުގައި ދެކިގެން ކަމަށެވެ.
"މަޖިލީހުގެ ރައީސްކަމަށް ނުހޮވުމަކީ އެކަމާ އަޅުގަނޑު އެއްގޮތަކަށްވެސް ކަންބޮޑުވެ، މާޔޫސްވާ ކަމެއް ނޫން. އަޅުގަނޑު ދިވެހި ގައުމާއި ޕީޕީއެމް އަދި ރައީސް ޔާމީނަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނީ ލިބޭ އުފަލެއް ކަމުގައި ދެކިގެން. އަބަދުވެސް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ އޮންނާނީ ރައީސް ޔާމީނާއެކު ސާބިތުވެ،" އަދުރޭ ވިދާޅުވިއެވެ.
މިރޭ މަޖިލީހުގެ ރައީސްކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިންތިހާބުވެވަޑައިގެންނެވީ ވޯޓުގައި ބައިވެރިވި 80 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ވޯޓާއެކުއެވެ. ގާސިމްއާ ވާދަކުރެއްވި އަދުރޭއަށް ލިބިވަޑައިގެންނެވީ 16 ވޯޓެވެ. ބާތިލްވެފައިވަނީ ދެ ވޯޓެވެ.
މަޖިލީހުގެ ރައީސްކަމަށް ނުހޮވުމަކީ އެއްގޮތަކަށް ވެސް މާޔޫސްވާ ކަމެއް ނޫން: އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ