އުއްތަމަ ފަނޑިޔާރުކަމަށް އަހުމަދު އަބްދުﷲ ދީދީއަށް ރުހުންދީފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
އުއްތަމަ ފަނޑިޔާރުކަމަށް ޑރ އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ރުހުންޑީފައިވަނީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓްދެއްވި 36 މެމްބަރުންގެ ވޯޓުންނެވެ. އެ މެމްބަރުންނަކީ ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ މެމްބަރުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ދީދީ އައްޔަން ކުރަނީ އެމަގާމުގައި ކުރިން ހުންނެވި އަބްދުﷲ ސައީދުގެ ފަނޑިޔާރުކަން ގެއްލުމުންނެވެ. ދައުލަތުން ދައުވާކުރި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ ސްޕްރީމް ކޯޓުން ވެސް އެ ހުކުމަށް ތާއީދު ކުރުމުން އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ވެސް ވަނީ ގެއްލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ