ލާހޯރް، ޕާކިސްތާން (ޖޫން 23) - އެެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕަށް ޕާކިސްތާނުގައި އެޑިޑާސް އިން އުފެއްދި ބޯޅަ އަށް ގިނަ ބަޔެއްގެ ތައުރީފު އޮހެމުން އަންނައިރު، މިއީ، 18 މަސް ދުވަހުގެ މަސައްކަތުން ގެނެވުނު ބޯޅައެއް ކަމަށް އެޑިޑާސް އިން ވަނީ ބުނެފަ އެވެ.
އެެމެރިކާގައި މި ފަހަރުގެ ކްލަބް ވޯލްޑް ކަޕް ކުރިއަށްދާތީވެ، އެ ގައުމުގެ ދިދައިގައި ހިމެނޭ ކުލަތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ބޯޅައިގައި، ޕާކިސްތާނުން ވަނީ، "މޭޑް އިން ޕާކިސްތާން" ޖަހައިފަ އެވެ. މިއީ، ތިމާވެށި ރައްކާތެރިކުރުމަށް ހިތްވަރު ދިނުމަށް ބާރުއަޅާ ގޮތަށް އުކާލެވޭ ތަކެތި ހިމެނޭ ގޮތަށް، ފުޓްބޯޅައިގައި، މިހާރު ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީގެ ވަސީލަތްތައް ވެސް ހިމަނައިގެން ހަދާފައިވާ ބޯޅައެކެވެ.
އެޑިޑާސްގެ ޖެނެރަލް މެނޭޖާ ފޯ ފުޓްބޯލް، ސޭމް ހޭންޑީ ވިދާޅުވީ، މިއީ ފަހުގެ ތާރީހުގައި ހެދި އެންމެ ތަފާތު އެއް ބޯޅަ ކަމަށެވެ. އެ ގޮތުން، ތިމާވެށި ރައްކާތެރި ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، މި ބޯޅަ އުފެއްދުމަށް އުކާލެވޭ ކުނީގެ ބޮޑު އިންސައްތައެއް ބޭނުންކުރެވިފައިވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ޕާކިސްތާނުގެ ހައި ޕާފޯމަންސް އިންޖިނިއަރުންގެ ބައިވެރިވުމާ އެކު ހެދި މި ބޯޅައިގައި، ޓެކްނޮލޮޖީ ބޭނުންކުރަން ފަސޭހަ އަކަށް، ޕްރެސިޝަންޝެލް ޓެކްނޮލޮޖީގެ 20 ޕެނަލް ހިމެނޭ ގޮތަށް ޑިޒައިނަށް ބަދަލުތަކެއް ގެނެސްފައިވަނީ، ބޯޅަ ކޮންޓްރޯލް ކުރުމަށް ފަސޭހަކުރުމުގެ ގޮތުންނާއި ޓެކްނޮލޮޖީގެ އެހީހޯދަން ބޭނުންކުރާ ޗިޕްތައް ވެސް ހަރުކުރެވޭ ގޮތަށެވެ.
އިނގިރޭސި ކުޅިވަރު ދިރާސާ ކުރާ އިންސްޓިޓިއުޝަން، ލައުގްބޮރޯ ޔުނިވާސިޓީން ވަނީ، ކްލަބް ވޯލްޑް ކަޕްގެ ބޯޅަ އާއި އިނގިރޭސި ޕްރިމިއާ ލީގު ކުޅޭ، ނައިކީ ފްލައިޓް ބޯޅަ އާއި ކަރަބާއޯ ކަޕް ކުޅޭ ޕޫމާ އޯބިޓާ ވަން އަދި އެފްއޭ ކަޕްގެ މެޗުތައް ކުޅޭ މީޓާ އަލްޓިމެކްސް ބޯޅައާ އަޅާކިޔައިފަ އެވެ. އެ ހުރިހާ ބޯޅައަކަށް ވުރެން ވެސް، ކްލަބް ވޯލްޑް ކަޕް ބޯޅަ ކޮލިޓީކަން މި އިންސްޓިޓިއުޝަން އިން ފާހަގަކޮށްފައިވެ އެވެ.
ގިނަ ކުޅުންތެރިން ފާހަގަކުރާ ގޮތުގައި، ޕްރޮފެޝަނަލް ބޯޅައެއްގެ ސިފަތައް ވަރަށް ބޮޑަށް މި ބޯޅައިން އިހުސާސްވެ އެވެ. ދެ އަހަރުގެ ޝޭޕް ގެރަންޓީއެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ބޯޅައިގައި، ހައި ގްރޭޑް ބުޓީލް ބްލެޑާ ބޭނުންކޮށްފައިވާއިރު، ސެމީ އޮފްސައިޑް ޓެކްނޮލޮޖީ އާއި ގޯލް ލައިން ޓެކްނޮލޮޖީ އަށް ފަސޭހަވާނެ ގޮތަށް މޯޝަން ސެންސަރު ވަނީ ހަރުކޮށްފަ އެވެ. އެ ގޮތުން، ބޯޅަ މެޗުތެރޭގައި ދައުރުވާއިރު، ކޮންމެ ސިކުންތަކަށް 500 އެއްހާ ޑޭޓާ ފޮނުވާއިދޭ މި ބޯޅައިން، ޕްލޭޔާ ޓްރެކިން އާއި ޓަޗް ޕޮއިންޓް އައިޑެންޓިފިކޭޝަންގެ ކަންކަން ބެލެހެއްޓުުމުގައި ވެސް ގިނަ ފަސޭހަތަކެއް ހިމެނެ އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕް ބޯޅަ؛ ޕާކިސްތާންގެ 18 މަހުގެ މަސައްކަތެއް ފީފާ ކްލަބް ވޯލްޑް ކަޕް ބޯޅަ؛ ޕާކިސްތާންގެ 18 މަހުގެ މަސައްކަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ