ދިރާގު-އެޕުން ޑޮނޭޓްކޮށްގެން ކުޑަކުއްޖެއްގެ މުސްތަގުބަލަށް ހެޔޮ ބަދަލެއް ގެނައުމުގެ ފުރުސަތު ދިރާގު-އެޕުން ޑޮނޭޓްކޮށްގެން ކުޑަކުއްޖެއްގެ މުސްތަގުބަލަށް ހެޔޮ ބަދަލެއް ގެނައުމުގެ ފުރުސަތު

ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުގެ އެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭ ފީޗައެއް ތައާރަފްކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޮނޭޓްކުރެވޭނެ މަގު ތަނަވަސްކޮށްދީފި އެވެ.
ދިރާގު އެޕް މެދުވެރިކޮށް ޑޮނޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެޕްގައިވާ ޕްރީސެޓް އަދަދުތަކުން (10ރ.، 50ރ.، 100ރ.، އަދި 500ރ.) އަދަދެއް ހިޔާރުކޮށް ފަސޭހަކަމާއެކު ހަދިޔާ ކުރެވޭނެ އެވެ. އަދި، ޕްރީޕެއިޑް ކަސްޓަމަރުންނަށް ބާކީ ހުރި ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ހަދިޔާ ކުރެވޭނެ އެވެ.
ދިރާގުން ވަނީ އެ ޑޮނޭޝަން ހަރަކާތުގައި ބައިވެރިވެ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 150،000ރ. ހަދިޔާ ކުރަން ނިންމާފަ އެވެ.
ދިރާގުގެ ކަސްޓަމަރުންނަށް އެޕް މެދުވެރިކޮށް ޑޮނޭޓް ކުރެވޭނީ ފިޔަވަތި އާއި އަމާން ވެށި އަދި އަމާން ހިޔާ އަށެވެ.
ކަސްޓަމަރުންނަށް ޑޮނޭޓް ކުރެވޭ ތަންތަނަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރސް (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ.
ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާ އެވެ. އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ.
1. ކުދިންގެ ކިޔަވާ ކޮޓަރިތައް އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލް އަދި ކިޔެވުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހޯދައިދިނުން.
2. ކުދިން ކުޅޭ ސަރަހައްދުތަކުގައި ޓާފް އަޅައިދީ، އެ ސަރަހައްދުތަކަށް އިތުރު ތަނަވަސްކަން ގެނެސްދިނުން.
3. ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ހިންގައި ކުދިންގެ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުސަތުތައް ހޯދައިދިނުން.
4. ޒުވާނުންނަށް (16 އަހަރުން މަތީގެ ކުދިންނަށް) ވަޒީފާއަށް ތައްޔާރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
ހުރިހާ އެންމެން ވެސް މުޖުތަމައުގައި ބައިވެރިކުރުމަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން ވަރަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ކަމެކެވެ. މިގޮތުން، ދިރާގުން ދަނީ މުޅި ރާއްޖޭގެ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގު ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ