ދޮގުހެކި ދިނުމުގެ އުގޫބާތް ނަރީޝަށް ދޭންޖެހޭ!

‏ހެޔޮވިސްނޭ ބުއްދިހުރި އިންސާނުން އެހާ ދަށު ދަރަޖައަށް ވެއްޓޭނީ ހާދަހާވާ ޖާހިލުވީމައެވެ. ހާދަވަރަކަށް ކޮރަޕްޓްވެ ހާދަ ބޮޑަކަށް އަޅުވެތިވީމައެވެ. 
ރައްޔިތުންގެ ކަންކަމާހަވާލުވެ ހައްދަވާ ގެންގުޅުއްވާ މާތްކަލާގެކިބަފުޅަށް ކުޑަވެސް ބިރެއް ހަމަ ނުގަންނަނީއެވެ. ކައުންސިލަރަކަށް ހުވާކޮށްގެން ހުއްޓަސް ރައީސްކަމަށް ހުވަކޮށްގެން ހުއްޓަސް ހުވާކޮށްގެން ހުރީ މާތްކަލަނގެ ގަންދިއެވެ. 
އަމްދުން ޝަރީއަތުގެ މަޖިލީހުގައި ދޮގު ހެކި ނުދޭން ހުވާކޮށް ހެކިދިނުމަށް ފަހު ދިން ހެކި ނަފީކޮށް އަމިއްލައަށް ވާހަކަ ދައްކާނީ ހާދަ ގޮތް ފޮތް ނެތުނިމައެވެ. 
ރައީސް ޔާމިނުގެ ދިފާއުގައި ޝަރީއަތަށް ކުރިން ހެކިބަސް ދިނުމަށް ފަހު "މި ނޫން ދުވަހެއް އޮތްކަން ހަނދާންކޮށް ބިރުވެތިވެ ހެޔޮބަސްއަހާ ގަބޫލުކޮށްގެން ކަމުގެ މައުލޫމަތު ނެތް މައްސަލައެއްގައި ހެކިބަސް ދޭން އިއުތިރާޒުކުރި" އަހުމަދު ނަރީޝްގެ ނުބައި ކަމާއެވެ. 
ނަރީޝްގެ އެ އިބާރާތުން ނަރީޝް ކުރިން ހެކި ދީފައިވަނީ މައުލޫމާތެއް ނެތް ކަމެއްގައި ދޮގު ހެއްކެއްކަން ސާފެވެ. ޝަރީއަތަށް ދޮގުހެކި ދިނުމުގެ ކުށް ނަރީޝް ކޮށްގެން ހުރިކަން ޝައްކެއް ނެތް މިންވަރަށް ސާފެވެ. ކޯޓުގެ ހުރުމަތާއި އިތުބާރަށްޓަކައިވެސް ދޮގުހެކި ދިނުމުގެ އުގޫބަތް ނަރީޝަށް ދޭންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ