ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ޅ. އަތޮޅުގެ ފައިނަލުގައި ނައިފަރާއި ކުރެންދޫ ވަނީ ބައްދަލުކުރަން ޖެހިއްޖެ އެވެ.
މި ފަަހަރު ޅ. އަތޮޅުން ވާދަކުރި ހަތަރު ޓީމުގެ ލީގު ބުރުގެ އެއް ވަނަ ހޯދީ ނައިފަރުންނެވެ. ކުރެންދޫ ފައިނަލުގެ ޖާގަ ހޯދީ ލަނޑުގެ ތަފާތުންނެވެ.
ލީގު ބުރުގެ އެއް ވަނަ ނައިފަރުން ހޯދީ ތިން މެޗުން ހަތް ޕޮއިންޓާ އެކުގަ އެވެ. ދެ ވަނައިގައި އޮތް ކުރެންދު އާއި ތިން ވަނައިގައި އޮތް ހިންނަވަރަށް ވެސް ތިން މެޗުން ހަތަރު ޕޮއިންޓް ލިބުނެވެ. އެކަމަކު، ކުރެންދޫގެ ލަނޑުގެ ތަފާތު ރަނގަޅުވުމުން އެ ޓީމަށް ފައިނަލުގެ ޖާގަ ޔަގީންވީ އެވެ. ފުލުގައި އޮތް އޮޅުވެލިފުށި ނިންމާލީ ތިން މެޗުން އެއް ޕޮއިންޓް ހޯދައިގެންނެވެ.
ލީގު ބުރުގެ ފަހު މެޗުން ރޭ ނައިފަރުން ވަނީ 3-1 އިން ކުރެންދޫ ބަލިކޮށްފަ އެވެ. އޮޅުވެލިފުށްޓާއި ހިންނަވަރުގެ ކުރިމަތިލުން ގިނަ ގޯލުތަކެއް ފެނިގެންދިޔައިރު، އެ މެޗުން ހިންނަވަރު މޮޅުވީ، 6-5 އިންނެވެ.
ރޭގެ މެޗުގައި، ނައިފަރުގެ އިބްރާހިމް ޝަރީފް މުހައްމަދު (އިއްބެ) ދެ ގޯލު ޖެހިއިރު، އަބްދުލް ރަހުމާން ތިބިޔަން އަލީ ސައީދު ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޗުގައި ކުރެންދޫން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މުހައްމަދު މިދުހަތު (މިޑޭ) އެވެ.
ރޭގެ މެޗުގައި، ހިންނަވަރުގެ އަހުމަދު އަބްދުﷲ (ލިލީ) މެޗުގައި ހެޓްރިކް ހެދިއިރު، އަހުމަދު ޝުޖާއު އަލީ ދެ ގޯލު ޖެހިއިރު، އަލީ އަފްޒާން އިބްރާހީމް ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. މި މެޗުގައި، އޮޅުވެލިފުށީގެ މަފާޒް އަބްދުލް ޝަކޫރު ދެ ގޯލު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ، މުހައްމަދު ސުހައިލް، ހަސަން ޒަރީރު އަދި ސުޖާއު އަހުމަދު އެވެ.
ޅ. އަތޮޅުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރޭގަ އެވެ.
20:00: އދ. ފައިނަލް: މަންދޫ - މަހިބަދޫ
20:00: ގއ. ފައިނަލް: ވިލިނގިލި - ދެއްވަދޫ
21:30: ހއ. ސެމީ ފައިނަލް: މާރަންދޫ - ދިއްދޫ
21:30: ހއ. ސެމީ ފައިނަލް: ވަށަފަރު - ކެލާ
22:30: ހދ. ސެމީ ފައިނަލް: ނޭކުރެންދޫ - ކުމުންދޫ
22:30: ހދ. ސެމީ ފައިނަލް: ނައިވާދޫ - މަކުނުދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ޅ. ފައިނަލުގައި ނައިފަރު އާއި ކުރެންދޫ ގޯލްޑަން ފުޓްސަލް ޗެލެންޖް: ޅ. ފައިނަލުގައި ނައިފަރު އާއި ކުރެންދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ