ރާއްޖޭގައި ކުރިއަށްދިޔަ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގެ ޗެމްޕިއަންކަން އިންޑިއާގެ ދެ ޓީމުން ހޯދައިފި އެވެ.
މި މުބާރާތުގެ ޗެމްޕިއަން އިންޑިއާގެ ޒުވާން އަންހެން އަދި ފިރިހެން ޓީމުން ހޯދީ ސްރީ ލަންކާއާ ވާދަކޮށެވެ.
އިންޑިއާގެ އަންހެން ޓީމުން ފައިނަލުގައި ލަންކާގެ މައްޗަށް ކުރިހޯދީ 103-52 ޕޮއިންޓުންނެވެ.
މި މެޗުގެ ފުރަތަމަ ކުއާޓާގައި އިންޑިއާއިން 29 ޕޮއިންޓް ސްކޯކުރި އެވެ. މި ކުއާޓާގައި ސްރީ ލަންކާ އިން ވެސް ވަނީ ދޫ ނުދީ 15 ޕޮއިންޓް ސްކޯކޮށްފަ އެވެ.
ދެވަނަ ކުއާޓާގައި ލަންކާ އިން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް ރަނގަޅު ޑިފެންސްއެއް ކޮށްފަ އެވެ. މި ކުއާޓާ ނިމުނީ 52-31 އިންނެވެ.
އެކަމަކު ތިންވަނަ ކުއާޓާގައި ލަންކާ ޓީމު ފެނިގެންދިޔައީ ދަށްކޮށެވެ. މި ކުއާޓާގައި ލަންކާ އަށް ސްކޯކުރެވުނީ އެންމެ ހަތް ޕޮއިންޓެވެ. މި ކުއާޓާ ނިމުނީ 83-38 އިންނެވެ.
މެޗުގެ ފަހު ކުއާޓާ ފެނިގެންދިޔައީ ވާދަވެރިކޮށެވެ. މި ކުއާޓާގައި ލަންކާ އިން 14 ޕޮއިންޓް ސްކޯކުރިއިރު، އިންޑިއާ އިން ވަނީ 20 ޕޮއިންޓް ސްކޯކޮށް މެޗު 103-52 އިން ކާމިޔާބުކޮށްފަ އެވެ.
މީގެ އިތުރުން އިންޑިއާގެ ފިރިހެން ޓީމުން ލަންކާ ބަލިކުރީ 94-62 ޕޮއިންޓުންނެވެ.
މި މެޗުގެ ފުރަތަމަ ދެ ކުއާޓާގައި އިންޑިއާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ކުއާޓާގައި އެ ޓީމުން ވަނީ ބޮޑު ލީޑެއްވެސް ނަގައިފަ އެވެ.
މެޗުގެ ފުރަތަމަ ކުއާޓާގައި އިންޑިއާ އިން ނިންމާލީ 24-15 އިންނެވެ. އަދި ދެވަނަ ކުއާޓާގައި 27 ޕޮއިންޓް އިތުރަށް އިންޑިއާ އިން ސްކޯކުރިއިރު، ލަންކާ އަށް ސްކޯކުރެވުނީ އެންމެ 10 ޕޮއިންޓެވެ. މި ކުއާޓާ ނިމުނުއިރު، ޖުމްލަ ސްކޯއަކީ 51-25 އެވެ.
ޖެހިގެން އައި ތިންވަނަ ކުއާޓާ ލަންކާ އިން ކުޅުން ރަނގަޅުކުއިރު، މި ކުއާޓާގައި ލަންކާ އިން ވަނީ ލީޑުކޮށްގެން ކުޅެފަ އެވެ. އެކަމަކު މި ކުއާޓާގައި ވެސް ލަންކާ އަށް ސްކޯ އަނބުރާލެވޭ ގޮތް ވަނީ ނުވެފަ އެވެ. މި ކުއާޓާ ނިމުނީ 72-47 އިންނެވެ.
މެޗުގެ ފަހު ކުއާޓާގައި ވެސް އިންޑިއާ އިން ފެނުނީ އިތުބާރާއެކު ކުޅުނުތަނެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން އެ ޓީމުން 94-62 ޕޮއިންޓުން މެޗު ކާމިޔާބުކުރީ އެވެ.
މި ނަތީޖާތަކާއެކު އޭޝިއާ ކަޕަށް އިންޑިއާގެ އަންހެން އަދި ފިރިހެން ޓީމުން ކޮލިފައިވާނެ އެވެ.
16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް: ސަރަހައްދުގެ ޗެމްޕިއަންކަން އިންޑިއާ އަށް 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް: ސަރަހައްދުގެ ޗެމްޕިއަންކަން އިންޑިއާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ