ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމްގެ މަސައްކަތް ނިމޭނީ ޑިސެމްބަރަށް ކަމަށް ބުނެފި ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމްގެ މަސައްކަތް ނިމޭނީ ޑިސެމްބަރަށް ކަމަށް ބުނެފި

ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަރަދު ކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، މެއި މަހު ބޭނުންކުރަން ފަށާނެ ކަމަށް ބުނި މެލޭޝިއާގެ ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމްގެ މަސައްކަތް ނިމޭނީ އަންނަ ޑިސެމްބަރު 20، ގައި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމް ބޭނުން ކުރަން ފެށޭނެ ދުވަހަކާއި ގުޅޭގޮތުން އަދަދު އިން ސުވާލުކުރުމުން އިހުސާން ވިދާޅުވީ އެ ސިސްޓަމަށް މިނިސްޓްރީން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށްފަހު ހިދުމަތުގެ ފޭސް 1 ފެށޭނީ އަންނަ ޑިސެމްބަރު 20، ގައި ކަމަށެވެ.
"ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމުގެ އަޕްޑޭޓަކީ އެ ސިސްޓަމަށް މިނިސްޓްރީން ގެންނަން ބޭނުންވާ ބަދަލުތަކަށްފަހު ހިދުމަތުގެ ފޭސް 1 ޑިސެމްބަރު 20، ގައި ފެށުން،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ކުރިން ވިދާޅުވީ މިހާރު ސިސްޓަމް އޮތް ގޮތުން މެނުއަލްކޮށް ކުރަން ޖެހޭ ކަންކަން އާ ސިސްޓަމް އިންޓަގްރޭޓްކުރާއިރު އޭގެ ތެރެއިން އިވެލުއޭޝަންތައް ހެދޭ ގޮތަށް މަގުފަހިކޮށް، ޗެކްސްތައް އިތުރުކުރުމުން ހިދުމަތްތައް އަވަސްވާނެ ކަމަށެވެ.
އޭގެ އިތުރުން އިހުސާން ވިދާޅުވީ އެކްސްޕެޓް ސިސްޓަމްގެ މަސައްކަތް ފަށާނީ އިތުރު ފަސޭހަ ފަންކްޝަންސްތައް ވެސް އިތުރުކޮށްގެން ކަމަށެވެ.
މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެކްސްޕެޓް ސިސްޓަމެއް ހަދަން އެއްބަސްވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހެދި އެއްބަސްވުން ކުރިއަށް ނުގޮސް، ގެއްލުމުގެ ބަދަލު ދޭން ޖެހޭތީ ކަމަށް އިހުސާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
އިހުސާން ވިދާޅުވީ އެ އެއްބަސްވުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭންޖެހޭތީ، އެއްފަހަރާ އެ ފައިސާ ދެއްކެން ނެތުމުން އޭގެ ބަދަލުގައި އާ އެކްސްޕެޓް ސިސްޓަމެއް ގާއިމުކުރުމުގެ އެއްބަސްވުމަކަށް ދިޔައީ ކަމަށެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއެއްގެ އަތުން މިހާރު އަހަރަކު 6,200ރ. ދައުލަތަށް ވަދެ އެވެ. އެއީ 2,000ރ. ގެ ކޯޓާ ފީ އާއި ކޮންމެ މަހަކު 350ރ. ގެ ރޭޓުން ނަގާ 4,200ރ. ގެ ވޯކް ޕާމިޓް ފީ އެވެ.
ބެސްޓިނެޓާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ވަޒީފާ އަށް އަންނަ ފަރާތުން ބެސްޓިނެޓަށް ދައްކަން ޖެހޭނެ އެވެ.
މިހެން ހުރި ފައިސާތައް އެއްކޮށްލުމުން އެއްބަސްވުން ހިނގާ 15 އަހަރުގެ މުއްދަތުގެ ތެރޭގައި ބެސްޓިނެޓަށް 6.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެ ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ