މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ޝަރީފު އައްޔަން ކޮށްފި އެވެ.
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި އިރު ޝަރީފް ހުންނެވީ ޕޮލިސް ބޯޑުގެ ރައީސްކަމުގެ މަގާމުގަ އެވެ.
ޕޮލިސް ބޯޑުގެ ރައީސްކަމަށް އަހުމަދު ޝަރީފް އައްޔަނުކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ބޯޑު އަލުން އެކުލަވާލެއްވި އިރު މިދިޔަ މަހުގެ 23 ވަނަ ދުވަހެވެ.
އޭނާ އޭގެ ކުރިން ހުންނެވީ ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވް މަގާމުގަ އެވެ.
Mr Ahmed Shareef, Managing Director of MSS. Congratulations and welcome to our team. pic.twitter.com/LvuedKKhr6
ދެހާސް ވިހި ވަނަ އަހަރު އުފެއްދި އެ ކުންފުނީގެެ އެމްޑީގެ މަގާމު މީގެ ކުރިން ފުރުއްވާފައިވަނީ މެރިޓައިމް ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) އާއި ކެޕްޓަން މުހައްމަދު ނާޒިމެވެ.
ޝިޕިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަހުމަދު ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ