ހަސަން ކުރުސީ ހޯދަން ރައީސް ނަޝީދު ފުލުހަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފލުހަށް ފޮނުވެއްވި ސިޓީ އެ މަނިކުފާނު ވަނީ ޓްވިޓާގައި އާންމު ކުރައްވާފަ އެވެ.
"ހަސަން ކުރުސީ" ނަމުގައި ޓްވިޓާގައި ހިންގާ މައުލޫމާތުގެ ގޮތުން މުއްސަނދި އެކައުންޓް "ހަސަން ކުރުސީ" އަކީ ކާކުތޯ ބަލައި ދޭން ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ފުލުހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހަށް ފޮނުވެއްވި ސިޓީ އެ މަނިކުފާނު ވަނީ އަމިއްލަފުޅު ރަސްމީ ޓްވިޓާގައި އާންމު ކުރައްވާފަ އެވެ. އެ ސިޓީގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ މިހެނެވެ: "ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ އަޅުގަނޑުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީ ކުރެވި އެތަކެއް އޮޅުން އަރައި އެކަމުގެ ސަބަބުން އަޅުގަނޑަށް އިންތިހާއަށް ގެއްލުން ލިބެމުން އެބަދެ އެވެ،" ދެން ވިދާޅުވެފައި އޮތީ އެ ޓްވިޓާ އެކައުންޓްގެ އަސްލު ފުލުހުންގެ އިދާރާއިން ހޯދައި ދޭން އެދި ވަޑައިގަންނަވާ ކަމަށެވެ. 
"ހަސަން ކުރުސީ" އަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް ނަޝީދުގެ ފޭކް އެކައުންޓެއް ކަމަށް ދިވެހިންނާއި ބޭރުގެ ވެސް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެގޮތަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް ނޮވެމްވަރު 13، 2022 ގައި ވެސް އެމަނިކުފާނު ވެސް ވިދާޅުވެފައި އެވެ.  އޭރު އެ މަނިކުފާނު ވަނީ އެ އެކައުންޓާ ގުޅޭ ގޮތުން ޓްވީޓެއް ވެސް ކުރައްވާފަ އެވެ. ވިދާޅުވީ "ހަސަން ކުރުސީ" އަކީ އެމަނިކުފާނުގެ ބައެއް ލިޔުންތަކުގެ ހަގީގީ އަދި ހިޔާލީ ޝަހުސެއް ކަމަށެވެ. އެހެންކަމުން އޭނާއަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސެއް ކަމަށް ދަންނަވަން ދަތިފުޅު ކަމަށެވެ."އޭނާއަކީ އަޅުގަނޑުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއް ކަމަށް ދަންނަވަން އުނދަގޫ. އެހެނަސް، އޭނާއަކީ ޖިސްމާނީ ގޮތުން އަޅުގަނޑެއް ނޫން،" ނަޝީދު ވިދާޅުވެފައި ވެއެވެ.މިހާރު ޓްވިޓާއަށް ފައިސާ ދައްކައިގެން ވެރިފައި ވެސް ކޮށްދީފައިވާ "ހަސަން ކުރުސީ" އެކައުންޓުން ޓްވީޓްތައް ކުރަނީ ނަޝީދުގެ ނަމުގަ އެވެ. ނަޝީދު ވިދާޅުވެފައި ވަނީ ލިޔުމަކުން އުފެދުނު ޝަހުސެއް އެ ދަރަޖައަށް ދިރިގެންދާ ކަމީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ."ނަމަވެސް އޭނާގެ ނަމުގައި ސޯޝަލް މީޑިއާގައި ޝާއިއު ކުރަނީ ހަމަކަށަވަރުން އަޅުގަނޑެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.  ހަސަން ކުރުސީގެ ނަމުގައި އޮންނަ އެކައުންޓުން ރާއްޖޭގެ ކަންކަމަށް ސިޔާސީ ފާޑު ކިޔުމާއި ހަޖޫ ހިމެނޭ ޓްވީޓްތައް ވަރަށް ގިނައިން ކޮށްފައި ހުރެ އެވެ. އަދި ބައެއް ފަހަރު ވަރަށް ބޭ އަދަބީ ބަހުން ޓުވީޓުތައް ކޮށްފައި ހުންނައިރު އެ އެކައުންޓް ބޭނުން ކުރަނީ މައުލޫމާތުގެ ގޮތުން ވަރަށް މުައްސަނަދި ފަރާތެއްކަން އެނގެ އެވެ. -- ރައީސް ނަޝީދު ކުރިން ލިޔުއްވެވި ވާހަކައެއް ކަމަށްވާ "ހިތާއި ހިތުގެ ގުޅުން" ވާހަކައިގެ ހިޔާލީ ޝަހުސިއްޔަތުންގެ ތެރޭގައި ހަސަން ކުރުސީ ލިޔާ ނަމެއް ހިމަނުއްވާފައި ވެއެވެ. 
އެއީ ވެސް ހަސްން ކުރުސީ ފަދައިން ޓްވީޓްތައް ކުރަމުން ދިޔަ އެކައުންޓެކެވެ. މިހާރު އެ އެކައުންޓްގެ ނަން "އެމްއެން އަންއޮފިޝަލް" އަށް ބަދަލު ކޮށްފައިވެ އެވެ.މީގެ އިތުރުން ވެސް ޓްވިޓާގައި ނަޝީދުގެ ފޭކް އެކައުންޓްތައް ހިންގާ ކަމަށް ހުމަތުތައް އޮވެ އެވެ.  
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ