ހދ ގައި 6،000 އެނދު އަޅާއިދެއްވާ ތަރައްގީ ކޮށްދެއްވާނަން: ގާސިމް

ހދ އަތޮޅުގައި 6،000 އެނދު ގާއިމްކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް ވައުދުވެވަޑައިގެންފިއެވެ.
ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ގާސިމް މިއަދު ވަނީ މި އަތޮޅުގެ މަކުނުދޫ، ނޮޅިވަރަން އަދި ނޮޅިވަރަން ފަރަށް ވަޑައިގެންފައެވެ. މިއަދުގެ 4 ވަނަ މަންޒިލް ހަނިމާދޫގައި ހުންނަވާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ހަނިމާދޫ އެއާޕޯޓު 1.5 މިލިއަން ފަތުރުވެރިންނަށް ދަތުރުކުރެވޭނެ ގޮތަށް ތަރައްގީ ކުރެއްވުމަށް ފެއްޓެވީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުގެ ވެރިކަމުގައިކަމަށެވެ.
ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި، ހަނިމާދޫގެ އިންޓަނޭޝަނަލް އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުން، ރަށުގެ ރައްޔިތުންނަށް އަކަ އިންޗިއެއްވެސް ނުގެއްލޭނެކަމަށެވެ. އަދި ޖޫނިއަރ ކޮލެޖެއް އަޅާއިދެއްވާނެކަމަށް ވައުުދުވެވަޑައިގެންފާއިރު، 6000 އެނދު މި ސަރަހައްދުގައި ގާއިމްކޮށްދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން މިއީ ވެދާނެ ކަމެއް ކަމާއިމެދު ސުވާލުއުފައްދާތީ ގާސިމް ވިދާޅުވީ، މިކަން ކުރާނީ ޓުރިޒަމް މިނިސްޓްރީގެ ތެރެއިން ބިޑްކޮށްގެންކަމަށެވެ. މި 6000 އެނދު ތަރައްގީ ކުރުމަށް ފުރަތަަމަ 15 އަހަރު ދޫކުރާނީ ހިލޭ ނަމަވެސް ޓެކްސް ނަގާނެކަމަށް ގާސިމް ވިދާޅުވިއެވެ. ތަރައްގީ ގެނެވޭނެ ގޮތަކީ އެއީކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވިއެވެ.
މި ގައުމު ސަލާމަތްތެރިކަމާއި، އަމާންކަމުގެ މަންޒިލަކަށް ގެންދެވޭނީީ އޭނާއަށްކަމަށް ވިދާޅުވެ، މުސްތަގުބަލުގައި މީހެއްގެ މޫނު ބަލާނެ ލޯގަނޑަކީ މީގެ ކުރިން ގައުމަށް އެމީހަކު ކޮށްދީފައިވާ ކަންކަންކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް މިހެން ވިދާޅުވީއިރު، އެމަނިކުފާނާއިއެކު މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އިސް ބޭފުޅުން ވަނީ ގާސިމް ތައުލީމީ ގޮތުންނާއި، ސިއްހީ ގޮތުން ވަކި ވަކި ފަރުދުންނަށް ވެދެއްވި އެހީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ގާސިމް ވަނީ ޑރ ވަހީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި ގާސިމްއާއިއެކު މި ދަތުރުގައި ބައިވެރިވެވަޑާއިގަންނަވާ އެހެން ބޭފުޅުންވެސް ވަނީ ޑރ ވަހީދަށް ތައުރީފުކޮށް، ޑރ ވަހީދުގެ ވެރިކަމުގައި ކޮށްދެއްވާފައިވާ ކަންކނަް ފާހަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ