ހުޅުމާލެ ފޭސް 2 ގެ ބްރިޖް މަތިން ދެ ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ހިތިގަސްމަގު ބްރިޖްގައި ކަމަށެވެ. އަދި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:45 ކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މީގެތެރެއިން އެއް ކާރު ދުއްވާފަ ދިޔަ ސްޕީޓް ބާރުކަމުން އެ ކާރު މަގުމައްޗަށް ފުރޮޅާލައިފައިވާކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލަންޖެހޭ ކަންކަން ބަލަމުންދާނެ ކަމަށެވެ.
ދެ ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ