މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ނ. ވެލިދުއަށް މިއަދު ފަށައިފި
ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ނ. ވެލިދުއަށް މިއަދު ފަށައިފި އެވެ. ވެލިދޫގައި ސީޕްލޭންގެ ހިދުމަތް ފެށުމުގެ ގޮތުން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން މޯލްޑިވިއަންގެ ވެރިން ވަނީ ބައިވެރިވެފަ އެވެ.އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ ވެލިދޫގައި ސީޕްލޭންގެ ހިދުމަތް ފެށިގެން ދިއުމަކީ ޓޫރިޒަމްގެ އިތުރުން އާންމުގެ އަސާސީ ކަންކަން ފަސޭހަވެގެން ދިއުމަށް ހުޅުވުނު މުހިންމު ދޮރެއް ކަމަށެވެ. ވިޔަފާރިވެރިންނަށްވެސް މީގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެކަން އޭނާ ފާހަގަކުރެއްވި އެވެ.މި ދަތުރުތަށް ފެށުމަށް ވެލިދޫގައި ވަނީ ސީޕްލޭން ޕްލެޓްފޯމެއް ގާއިމްކޮށްފަ އެވެ. އަދި ވެލިދޫ ކައުންސިލް އިދާރާގައި ޗެކިން ކުރުމަށާއި ދަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް ހާއްސަ ލައުންޖެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.ޓިކެޓުގެ އަގުތައްދިވެހިންނަށް ކޮޅަކަށް 999ރ. ޓޫރިސްޓުންނަށް ކޮޅަކަށް 93 ޑޮލަރުމޯލްޑިވިއަނުން މިދިޔަ ސެޕްޓެމްބަރުން ފެށިގެން ބ. ކަމަދުއަށް ވެސް އަންނަނީ ސީޕްލޭން ދަތުރުތައް ބާއްވަމުންނެވެ. އެ ދުމަތް ފެށީ ހޯކްސް ހޮޓެލާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ