ވައިޓް ހައުސްއިން ނުކުމެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، "އަހަރެން ބޭނުމެއް ނޫން ހަނގުރާމަ ހުއްޓާލާކަށް. އަނެއް ފަރާތް އެއްކޮށް ފުނޑުފުނޑު ކުރަމުންދާއިރު ހަނގުރާމަ ހުއްޓައެއް ނުލާނެ" ކަމަށެވެ.
އެމެރިކާއެކޭ އެއްގޮތަށް އިސްރާއީލުންވެސް ހަނގުރާމަ ހުއްޓާލަން ތައްޔާރު ނޫންތޯ އެހުމުން ޓްރަމްޕް ބުނީ، އިސްރާއީލުން ވެސް ބޭނުންވަނީ އެމެރިކާއާ އެއްގޮތަކަށް ކާމިޔާބީ ކަމަށާއި، ދެގައުމުގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.
މީގެ އިތުރުން ޓްރަމްޕް ބުނީ އީރާނާއެކު ވާހަކަދައްކަން ބޭނުންވި ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އަލީ ޚާމަނާއީ އާއި އިސް އޮފިޝަލެއް ކަމަށްވާ އަލީ ލާރިޖާނީ މަރާލާފައިވާތީ މިހާރު އެގައުމުގައި ވާހަކަދައްކާނެ މީހަކު ނެތް ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް 1300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލަކަށް ދިން ހަމަލާއެއްގައި މަރުވި 150 ކުދިންވެސް ހިމެނެއެވެ.
އީރާނު ހަނގުރާމަ ހުއްޓާކަށް ބޭނުމެއްނޫން: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ