ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ލަފާކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހުނު ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ. ނަމަވެސް ވައި ބާރުވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައިގެ އަސަރު ފޯރަމުންދާ ކަމަށް ފާހަގަކުރައްވައި، އެއްމެ ބޮޑު ސަބަބަކީ ރާއްޖެއާއި ތަންކޮޅެއް ދުރުން ބޮޑެތި ބާނީތަކެއް އުފެދިފައި ހުރުމެވެ.
ބާނީތަކުގެ މިސްރާބަށް ބަލާއިރު، ރާއްޖޭގެ އިރުމައްޗަށް ވާގޮތަށް ބާނީގެ މިސްރާބު ހުރީ އިރުދެކުނަށެވެ. ހުޅަނގު ބިތުގައި ބާނީގެ މިސްރާބު ބޮޑަށް ހުރީ ހުޅަނގު ދެކުނަށެވެ. ރާއްޖެއާ ކައިރިވާ ވަރަކަށް ދެ ފަރާތުން އަންނަ ބާނީތައް ބޮޑުވުމުގެ ސަބަބުން އުދައިގެ ނުރައްކާ އިތުރުވެއެވެ.
ހައިޓައިޑް ނުވަތަ ދިޔަވަރު ބޮޑުވާ ވަގުތުތަކާ ދިމާކޮށް އުދަ އެރުމުގެ ފުރުސަތު އޮތުމުން، ބަނދަރުގައި އަޅާފައިވާ އުޅަނދުފަހަރާއި، އެހެލާފައިވާ ދޯނިތަކުގެ އިތުރުން ހިފާގެންގުޅޭ ސާމާނަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ