ރިޔާސީ އިންތިޚާބުގައި ރައްޔިތުން ލާ ވޯޓަކީ ފަހުން ހިތާމަ ކުރަންޖެހޭ ވޯޓަކަށް ނުހައްދަވާތި – ގާސިމް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ލާ ވޯޓަކީ ފަހުން ހިތާމަ ކުރަންޖެހޭ ވޯޓަކަށް ނުހެދުމަށް ރައްޔިތުންގެ ކިބައިން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.
ގާސިމް މިހެން ވިދާޅުވީ، އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހދ އަތޮޅު ކުޅުދުއްފުއްޓަށް ވަޑައިގެން، އެރަށުގައި ޖުމްހޫރީ ޕާޓީގެ ޖަގަހައެއް ހުޅުއްވައިދެއްވުމަށްފަހު، ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ ރައްޔިތުންނާ މިހާރު ބައްދަލުވެފައި ވަނީ އުއްމީދުން ފުރިގެންވާ ވާހަކަތައް އަޑުއިވޭ މޫސުމެއް ކަމަށެވެ.
އެހެން ނަމަވެސް ހުރިހާ ރައްޔިތުން ވެސް ވެރިއަކު ހޮވާއިރު، ވަރަށް ރަނގަޅަށް ވިސްނަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ވަރަށް ރަނގަޅަށް ވިސްނައިފައި ނޫނިއްޔާ ފިޔަވަޅު ނާޅުއްވާށޭ. މިއީކީ ބޮޑު ޕާޓީއެއް ކުޑަ ޕާޓީއަށް ވެގެން ވޯޓު ދޭންޖެހޭ ކަމެއް ނޫނޭ. ތިމާގެ މީހާ، އެއްބަނޑު މީހާ ވެގެން ވޯޓު ދޭންޖެހޭ ކަމެއް ނޫނޭ މިއީކީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ކޮށްދޭ ކޮންމެ ކަމަކީ އެ މީހަކު މަގާމުގެ ގޮތުން އަދާކުރަންޖެހޭ ޒިންމާ އެވެ. އޭގެ ބަދަލުގައި ވިސްނަންވީ، ރައީސްގެ މަގާމުގައި ނެތް އިރު، އަމިއްލަ ހައިސިއްޔަތުން ގައުމަށާއި ރައްޔިތުންނަށް ކޮށްދިން ހިދުމަތާ މެދު ކަމަށް ގާސިމް ވިދާޅުވި އެވެ.
ގައުމެއް ކުރިއަރައި ދަނީ، ގާސިމް ވިދާޅުވި ގޮތުގައި ވެރިކަމަށް އަންނަ މީހަކުގެ ތަންދޮރު އެނގުމާއި ގާބިލުކަމާއި ތަސައްވަރެއްގެ މައްޗަށް ކަމަށެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ