އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ހުއްދައަކާ ނުލައި ހަކަތައިގެ އަގު ހެޔޮކުރަން ސަރުކާރުން ދެކޮޅު ހެދުމުން ޕާކިސްތާނުގައި ކަރަންޓު ބިލް ބޮޑުވުމާ ދެކޮޅަށް މުޒާހަރާތައް ވަނީ އިތުރުވެފަ އެވެ.
ކަރަންޓުގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން މިދިޔަ ހަފުތާގައި ޕާކިސްތާނުގެ ބޮޑެތި ސިޓީތަކުގައި މުޒާހަރާކުރަން ފަސާފައިވާއިރު މުޒާހަރާތަކުގައި ބައިވެރިވި ބައެއް ރައްޔިތުން ވަނީ ޔޫޓިލިޓީ ބިލްތައް އަންދާލައި، ހައިވޭތައް ބަންދުކޮށް ކަރަންޓު ކުންފުނިތަކުގެ އޮފީސްތަކަށް ހަމަލާދީފަ އެވެ.
ރައްޔިތުންގެ އަސާސީ ހައްގުތަކެއްކަމުގައިވާ ޔުޓިލިޓީ ބިލްތަކަށް ލުޔެއް ދެއްވާނެ ކަމަށް ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އަންވަރުލް ޙައްޤު ކަކަރް ވައުދުވެވަޑައިގެންނެވި ނަމަވެސް، އަންގާރަ ދުވަހު އެމަނިކުފާނުގެ ކެބިނެޓުން ވަނީ ބިލްތައް ކުޑަކުރުމަކީ އައިއެމްއެފްގެ ބޮޑު ލޯނަކަށް ނުރައްކާވާނެ ކަމެއް ކަމަށް ވިދާޅުވެ ބިލްތަކަށް ލުޔެއްދިނުމަށް ދެކޮޅުހައްދަވާފައެވެ.
ނިއުކްލިއާ ހަތިޔާރު ލިބިފައިވާ ޕާކިސްތާނުގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމާއި،ހަކަތައިގެ ސަބްސިޑީތަށް ނިމުމަކަށް ގެނައުމަށް ދުނިޔޭގެ މަރުކަޒީ ބޭންކުން ވަނީ މިދިޔަ ޖުލައިމަހު 3 ބިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފައެވެ.
ޔުޓިލިޓީ ބިލްތަކުން އަރައިގަތުމަށް ޕާކިސްތާނުގެ ސަރުކާރަށް ނުކުޅެދިފައިވާއިރު ވެރިރަށް އިސްލާމްއާބާދުގެ އިތުރުން އެގައުމުގެ އެކި ކަންކޮޅުތަކުގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތަކުގައި ގިނަ ބަޔަކު ގެންދަނީ ބައިވެރިވަމުންނެވެ.
“އިންފްލޭޝަންގެ ފެންބޮޑުވުމުގެ ތެރޭގައި އަޅުގަނޑުމެން މިތިބީ ގެނބިގެން. މި ބިލްތަކަކީ ކެތްނުކުރެވޭ ވަރުގެ ބިލްތަކެކެވެ. މި މަހު ބިލް ދެއްކިޔަސް ތިން ދަރިންނަށް ކާން ނުދެވޭނެ،” ޓެކްސީ ޑްރައިވަރެއް ކަމަށްވާ ނޫރުލް އަމީން ބުނެފައިވެއެވެ.
ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ