މި ހަފުތާގެ ނިޔަަލަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ: މެޓް
ރާއްޖެ މަތީގައި ބޯ ވިއްސާރަ ވިލާތައް އުފެދެމުންދާކަމަށާއި މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.މެޓް އޮފީހުން ބުނީ މި ހަފުތާގެ ކުރިއަށް އޮތް ދެތިންދުވަހު މޫސުން ގޯސްވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ."ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ހަމަ ވިއްސާރަކޮން ދައްކަނީ. ކުރިއަށް އޮތް ދެތިން ދުވަހަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ." މެޓް އޮފީހުން ބުންޏެވެ.މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ބުންޏެވެ."ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭ. އާއްމުކޮށް އުދަ އަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވޭ." މެޓް އޮފީހުން ބުނެ އެވެ.ގަދަވަޔާއެކު ކަނޑުތައް ގަދެވެ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ