ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ކޭސްތަކެއް ފެންނަން ފެށުމާ ގުޅިގެން ކަމާގުޅޭ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މާލެ ސަރަހައްދުން މި ބަލީގެ ހަތަރު ކޭސް ވަނީ ފެނިފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރިޕޯޓްކުރި ޖުމްލަ ވޭދަނައިގެ އަދަދު ވަނީ 15 އަށް އުފުލިފައެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުވެސް ރާއްޖެއިން މި ބަލީގެ ކޭސްތަކެއް ފެނިފައިވެއެވެ.
ހިމަބިހި ޖެހުނު މީހުންގެ އަދަދު 15 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ