ރައީސް ޑރ. މުއިއްޒު މަދީނާ އަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ސައުދި އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަދީނާއަށް ވަޑައިގެންފިއެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާން ދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއްގައި އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ފުރާވަޑައިގެންނެވީ މިއަދެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިރިވެޑައިގަންނާވާ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދަތުރުފުޅުގެ ތެރެއިން ރައީސް މަދީނާއަަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމުގައި އެންމެ ކުރީ ސަފުގައި ހުންނެވީ މަދީނާ ސަރަހައްދުގެ ގަވަރުނަރު އަމީރް ސަލަމާން ބިން ސުލްތާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދު ކަމަށެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި ވަޒީރު ޝަހީމްގެ އިތުރުން މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ ދެކަނބަލުންނާ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުން މި ދަތުރުފުޅު ކުރައްވަނީ އެ ގައުމުގެ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ