މަސައްކަތްތެރިންގެ ހައްޤުގައި މިއަދު ހިނގާލުމެއް ބާއްވަނީ

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށް މާލޭގައި މިއަދު ހިނގާލުމެއް ބާއްވަން ނިންމާފަ އެވެ.
ކޮންމެ އަހަރަކު ވެސް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މޭ 1 އެވެ.
ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލް ކުރާ މައި ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގުރެސް (އެމްޓީޔޫސީ)އިން ބުނީ މި ހިނގާލުން ފަށާނީ ރަސްފަންނު ސަރަހައްދުން ހަވީރު 15:45 ގައި ކަމަށެވެ.
މޭ އެއްވަނަ ދުވަސް ނުވަތަ "މޭޑޭ" އަކީ މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކަ ދައްކައި، އިހުތިޖާޖުކޮށް އަދި އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކާ އޮންނަ މުހިއްމު ދުވަހެކެވެ.
މަސައްކަތްތެރިންގެ ދުވަހަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިނގާލުންތަކާއެކު ފާހަގަކުރާ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ