މަޖިލީސް ރައީސަކު ކަނޑައަޅާނީ ރައީސާ މަޝްވަރާ ކުރުމަށް ފަހު: އަބްދުއްރަހީމް

"އަޅުގަނޑަށް ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް އަޅުގަނޑުމެންނަށް މި ލިބުނު މެޖޯރިޓީ ހިފެހެއްޓޭނެ ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެހާ އަވަހަށް ވަކި މަގާމަކަށް ޝައުގުވެރިވެވަޑައިގެން މަސައްކަތް ކުރެއްވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާ ކުރިއަށް އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ / ކޮންގްރެސްގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަޝްވަރާގެ މަތީންް ކަމަށް އެމަނިކުފާނުގެ ހާއްސަ މުޝީރު / ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު އޮތް މަޖިލީސް އިންތިހާބު ގައި ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ރައްޔިތުންގެ ވޯޓުން ވަނީ ވަރަށް ތަަނަވަސް އަޣުލަބިއްޔަތެއް ދީފަ އެވެ. ކޮންގްރެސްގެ 89 ކެންޑިޑޭޓުންގެ ތެރެއިން 66 ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކުރި އެވެ. ރައީސް މުއިއްޒު ތާއީދު ކުރެއްވި ކެންޑިޑޭޓުންނާ އެކު ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުންގެ އަދަދު 75 އަށް އަރަ އެވެ.މިއީ މިހާތަނަށް ސަރުކާރަކަށް ރައްޔިތުންގެ މަޖިލީހުގެ މިހާ ތަނަވަސް އަޣުލަބިއްޔަތެއް ދިން ފުރަތަމަ ފަހަރެވެ. ދެން އޮތީ މަޖިލީހުގެ އާ ދައުރަށް ރައީސްގެ މަގާމާއި ނާއިބު ރައީސްގެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމެވެ. އެއީ ބޮޑު ވާދައެއް އޮންނާނެ ކަމެކެވެ. އިންތިހާބު ގެ ކުރީން ވެސް އެ މަގާމަށް އަބްދުއްރަހީމާއި ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމް ޝައުގުރުވެރިކަން ފާޅު ކުރައްވާ މަަސައްކަތް ކުރައްވަމުން ގެންދެވި ކަމަށް އަޑުފެތުރިފައި އޮތެވެ.އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެހާ އަވަހަށް ވަކި މަގާމަކަށް ޝައުގުވެރިވެވަޑައިގެން މަސައްކަތް ކުރެއްވުމަކީ އެކަމުން ގިނަ މައްސަލަތަކާއި ގޯސްތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އާ މަޖިލީހުގެ ރައީސަކަށް ވަޑައިގަންނަވާނެ ބޭފުޅަކާ ގުޅޭ މަޝްވަރާ އަދި ކުރިއަށް ނުގެންދާ ކަމަށް ވިދާޅުވި އެވެ.އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ވޯޓްދީ މެންބަރުން އިންތިހާބު ކުރީ މި ސަރުކާރު ދަމަހައްޓަން ބޭނުންވާތީ ކަމަށާ ކޮންގްރެސްގެ ރައީސަކީ ރައީސް މުއިއްޒު ކަމުން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައަޅުއްވާނީ އެމަނިކުފާނުގެ ސީދާ މަޝްވަރާ ހޯއްދަވައިގެން ކަމަށެވެ.އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތާ އެކު ރައީސްގެ ވިސްނުންފުޅު ހުރީ ނަތީޖާ ނެރެދެއްވުމަށް ކަމަށާ މެންބަރުން މަސައްކަތް ކުރައްވާނީ އެ ރޫހުގައި ކަމަށެވެ. އަދި ވިދާޅުވީ އާ މަޖިލީސް 17، 18، 19 ވަނަ މަޖިލީހާ ތަފާތު ވާނެ ކަމަށެވެ. ތަހުޒީބު މަޖިލީހެއް ފެނިގެންދާނެ ކަމަށެވެ.އަދި ރައީސަށް ރައްޔިތުން ދިން މެޖޯރިޓީ ދެމެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވީ 2013 ވަނަ އަހަރު ޕީޕީއެމްގެ ފުރަތަމަ ސަރުކާރު އުފެދުމުން 2014 ވަނަ އަހަރުވެސް ރައްޔިތުން މެޖޯރިޓީ ދިން ކަމަށާ އެ ފަހަރު މެންބަރުންތަކެއް ކުރީން ވަކިވީ ކީއްވެގެންކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެ ފިލާވަޅުގެ އަލީގައި އާ މަޖިލީހު ގައި މެޖޯރިޓީ ހިފަހައްޓަން ކުރަން ޖެހޭ ކަންކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ."އަޅުގަނޑަށް ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް އަޅުގަނޑުމެންނަށް މި ލިބުނު މެޖޯރިޓީ ހިފެހެއްޓޭނެ ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ