ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު 128 އަށް އަރައިފި

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަދަދު 128 އަށް އަރާފައިވާ ކަމުގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކު ޢަޒީޒު ވިދާޅުވެއްޖެއެވެ. މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް ރާއްޖެއިން 128 މީހުން ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 60 މީހުންނަކީ ދިވެހިން ކަމުގައާއި އަދި 68 މީހުންނަކީ ބިދޭސީން ކަމުގައިވެސް މަބްރޫކު ފާހަގަކުރެއްވިއެެވެ. މިހާތަނަށް ޓެސްޓުކުރުމަށް ނެގިފައިވާ ސާމްޕަލްތަކުގެ ޢަދަދުވެސް މަބްރޫކު ހާމަކުރެއްވިއެވެ. އެގޮތުން 5441 ސާމްޕަލް މިހާތަަނަށް ޓެސްޓުކުރުމަށް ނެގިފައިވެއެވެ. އޭގެ ތެރެއިން 5071 ސާމްޕަލްވަނީ ނެގެޓިވްވެފައި ކަމުގައިވެސް މަބްރޫކު ފާހަގަކުރެއްވިއެވެ.އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 125 މީހުން ތިބި ކަމުގައާއި، ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ޢަދަދަކީ 1329 މީހުން އެބަ ތިބި ކަމުގައާއި، ކަރަންޓީނުން ޓެސްޓުކުރުމަށްފަހު 263 މީހަކު ވީއްލާފައިވާ ކަމުގައިވެސް މަބްރޫކު ވިދާޅުވިއެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ބައްދަލުވާ މީހުން ދެނެގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަދުގެ 5.30އާ ހަމައަށް 259 ޢިމާރާތް ނުވަތަ އެޕާޓުމެންޓު މޮނީޓަރިންއަށް ގެނެވިފައިވާ ކަމުގައިވެސް މަބްރޫކު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ