ކުޑަކުދިންގެ ހަވީރު މޫސުން ގޯސްވުމުން ކެންސަލްކޮށްފި

އީދުގެ މުނާސަބަތުގައި މިއަދު ހަވީރު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ފަރާތުން ބާއްވަން ހަމަޖެއްސި ކުޑަކުދިންގެ ހަވީރު ވެސް މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައި ވަނީ ސަލްޓަން ޕާކުގައި ބާއްވަން ހަމަޖެއްސި ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފައިވާ ކަމަށާއި ފަހުގެ ތާރީޚެއްގައި ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ދެކަނބަލުން ބާއްވަވަން ހަމަޖެއްސި ކުޑަކުދިންގެ ހަވީރު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކުރިއިރު މިއަދު ހެނދުނު ބާއްވަން އޮތް ރައީސްގެ އީދުސަލާމް ކުރެއްވުން ވެސް މޫސުން ގޯސްވުމުގެ ސަބަބުން ވަނީ ކެންސަލްކޮށްފައެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ