މިފްކޯ އާއި ބީއެޗްއެމްގެ ފައިސާ ފޭރުނު މައްސަލާގައި އަށް މީހަކު ހައްޔަރުކޮށްފި

މިފްކޯ އާއި ބީއެޗްއެމްގެ ފައިސާ ފޭރުނު މައްސަލައިގައި އަށް މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިފްކޯ ގެ ފައިސާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން 19 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އަދި އެމީހާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ. އަދި 23 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ހެލްމެޓު އަޅައިގެން ތިބި ބަޔަކު ސްޓޭޓް އޮފް ބޭންކް ކައިރިން، ބީއެޗްއެމް ގެ ފައިސާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފައިވާއިރު އެ މައްސަލައިގެ ހައްޔަރު ކޮށްފައިވަނީ 23 އަހަރު ދެ ފިރިހެނުންނާއި 21 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ތިން ކުދިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިފްކޯ އިން ދެ މިލިއަން ފޭރިގަނެފައިވާއިރު އެފައިސާތައް ފޭރިގަނފައި ވަނީ މާފަންނުގައި ހުންނަ މިފްކޯގެ ހެޑް އޮފީހުން ދެ މިލިއަން ރުފިޔާ ހިފައިގެން ދަތުރުކުރި ވޭން ބޭރު މަގުން ދުއްވާފައި ދަނިކޮށް އޭގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހުގައެވެ.
ބީއެޗްއެމް އިން ފޭރިގަނެފައި ވަނީ 2.5 މިލިއަން ރުފިޔާ އެވެ. އެ ފައިސާތައް ފޭރިގެންފައިވަނީ ބީއެޗްއެމް ޓްރޭޑާސްއިން ބޭންކަށް ޖަމާކުރަން ދިޔަ އިންޑިއާ މީހާއަށް ތޫނު އެއްޗަކުން ހަމަލާދީ އެސްބީއައި ކައިރިން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ