ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވާފަދަ ގޮތަކަށް ޖަރުމަންގެ ގައުމީ ޓީވީ، އޭއާރުޑީގެ ކްރޫއެއް ރާއްޖެ އައިސް ޑޮކިއުމެންޓްރީއެއް ތައްޔާރުކުރަން އުޅުނު މައްސަލާގައި ޝާމިލްވާ ދިވެހީނާ ގުޅޭ ތަހުގީގު ހިންގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ފުލުހުންނަށް އަންގަވައިފިއެވެ.
މީޑިއާ އަށް މައުލޫމާތު ދެއްވަމުން އުމަރު މިއަދު ވިދާޅުވީ ޑޮކިއުމެންޓްރީ ހެދުމުގައި ޝާމިލްވި ދިވެހީންގެ ތަހުގީގު ހިންގައި ޕީޖީ އޮފީހަށް އެ މީހުންގެ މައްސަލަ ފޮނުވުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.
މިނިސްޓަރ އުމަރު ވިދާޅުވީ ޓީވީ ޖަރުމަނުގެ ގައުމީ ޓީވީގެ ކުރޫ ރާއްޖެ އައިސް ދިވެހީންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން އިސްލާމިކް ސްޓޭޓް (އައިއެސް) ޖާމާއަތާ އެއްކޮޅަށް ދިވެހީން ލައްވައި ވާހަކަދައްކައި އިންޓަވިއުކުރަން އުޅުނު ކަމުގެ މައުލޫމާތު ޕޮލިސް އިންޓެލިޖެންސަށް ވަނީ ލިބިފައި ކަމަށެވެ.
ބައެއް ދިވެހިންނަށް ފައިސާ ދީގެން، އައިއެސްއާ އެއްކޮޅަށް ވާހަކަ ދައްކައި އިންޓަވިއު ހޯދަން ނިންމާފައިވާ ދުނިޔޭގެ ކިތަންމެ ވަރުގަދަ ބަޔަކު ކަމުގައި ވިޔަސް ރާއްޖެ އައިސް ރާއްޖޭގެ އަގު ވައްޓާލައި، ދޮގުވާހަކަތައް ފަތުރަން އުޅޭ ނަމަ ކުރިއަށްއޮތްތަނުގައި ވެސް އެފަދަ ބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަރުމަނުގެ ގައުމީ ޓީވީގެ ކުރޫގެ މީހުން އއ. ހިމަންދޫގައި ތިއްބައި ފުލުހުން ވަނީ އެމީހުން ހައްޔަރުކޮށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާ ހަވާލުކޮށްފައެވެ. މިހާރު އިމިގްރޭޝަނުން ވަނީ އެމީހުން ޑީޕޯޓުކޮށްލައިފައެވެ.
ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި ދިވެހީންގެ މައްސަލަ ތަހުގީގު ކުރަން އުމަރު ފުލުހުންނަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ