ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ރައީސް ޔާމީނަށް ރައްޔިތުން އަދަބުދޭނެ ކަމަށާއި، ރައްޔިތުން އަދަބުދޭނީ ވޯޓުންކަމަށް، އެމްޑީޕީގެ ސިއްހަތާ ބެހޭ ކޮމިޓީގެ މުގައްރިރު ޑރ އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ ޑީޑީ ވިދާޅުވީ، މިއަދު ރާއްޖޭގެ އެކިއެކި ޖަރީމާ ހިންގަމުންދާ ފަރާތްތަކަށް ރައްޔިތުން އަދަބުދޭނެ ކަމަށެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑޜ ޑީދީ ވިދާޅުވީ ރައްޔިތުންގެ ތިޖޫރި ވަގަށްނަގައި ހުސްކޮށްފައިވާ ކަމަށާއި، އެމްއެމްޕީއަރްސީގެ ބޮޑު ވައްކަމުގެ މައްސަލައިގެ ކޮޅު ފެންނަން އެބަޖެހޭ ކަމަށާއި، އެންޓިކޮރަޕްޝަން ކޮމިޝަނުން އެކަން ހާމަކަންބޮޑު ގޮތެއްގައި ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އެ ފައިސާއަށް ވީގޮތް ރައްޔިތުން ނިކުމެ ބަލަންޖެހޭ ކަމަށާއި، އަދި އެ ޖަރީމާތައް ހިންގި ފަރާތްތަކަށް ރައްޔިތުން އަދަބުދޭނީ ވޯޓުން ކަމަށާއި، އެއީ ޝައްކެއްއޮތް ކަމެއް ނޫންކަމަށެވެ.
ޑރ އިބްރާހީމް ދީދީ އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބެއް ބާއްވައިފިނަމަ ގުޅިފައިވާ އިއްތިހާދުން ނެރޭ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުވާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތައުން ދަނީ ރާއްޖޭގައި ހިންގަމުންދާ ކަންކަން ވަރަށްގާތުން ބަލަމުން ކަމަށާއި، އެހެންކަމުން ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވިފަދައިން، އިންތިޚާބުގައި އިއްތިހާދުގެ ކެންޑިޑޭޓަކު 80 އިންސައްތަ ވޯޓް ހޯދާނެ ކަމަށްވެސް ޑރ ޑީޑީ ވިދާޅުވި އެވެ.
ޑރ ޑީޑީ ވިދާޅުވީ ދާދި އަވަހަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ފެނިގެންދާނެ ކަމަށާއި، އެއާއި އެކު ހއ. ތުރާކުރުން ފެށިގެން މުޅި ރާއްޖޭގައި ޕާޓީތަކުގެ ކެމްޕެއިން މެކްހަށްޖަހައި ބާރުސްޕީޑްގައި ކުރިއަށްގެންގޮސް އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށެވެ.
ރައީސް ޔާމީނަށް ދިވެހި ރައްޔިތުން އަދަބުދޭނެ: ޑރ ޑީޑީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ