މެމްބަރު ނަޝީދު ކުޅުދުއްފުއްޓަށް ބޮނބި ނަރު މެޝިނެއް ހަދިޔާ ކުރައްވައިފި

ބޮނބި ނަރު އުފައްދާ މެޝިނެއް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެރަށަށް ހަދިޔާ ކުރައްވައިފިއެވެ.
ބޮނބި ފާކޮށް ނަރު ވަކިކޮށްދޭ މި މެޝިން މި ފަހްތާގައި ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން ގެންދާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ. ކައުންސިލުންބުނީ މެޝިން ބޭނުން ކުރުމަށް ފީއެއް ނެގުމަށް ވިސްނަމުން ގެންދާކަމަށާއި އެކަން ކުރަނީ ދެމެހެއްޓެނިވި ގޮތަކަށް މެޝިން ބޭނުން ކުރުމަށް ކަމުގައެވެ.
ރޯނު ވަށައިގެން ބޮޑު އާމްދަނީއެއް ހޯދާ ކުޅުދުއްފުށީގެ ރައްޔިތުންނަށް މެމްބަރު ނަޝީދު މިފަދަ މެޝިނެއް ހަދިޔާ ކުރެއްވިއިރު ކުރިން ބޮނބި ފާކުރުމަށް ބޭނުންކުރި ކުޅީގެ ބައެއް އެއާޕޯޓް އެޅުމަށްވަނީ ހިއްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ