ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް އެރަށުގެ ކުޅި ހިއްކާތީ ކުޅުދުއްފުށީ ރައްޔިތުން ކަންބޮޑު ނުވާކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްގެ އަސްތާ ޖަލްސާއަށް ވަމުންދާ ތައްޔާރީތަކާއި ބެހޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓާއި އާއި ކުޅުދުއްފުށީ ކުޅި ހިއްކުމާއި ގުޅޭގޮތުން ސަރުކާރުގެ ޓީމްތައް މިހާރު ކުޅުދުއްފުއްޓަށް ގޮސް ރައްޔިތުންނާއި ވާހަކަ ދައްކާފައިވާ ކަމުގައެވެ.
އަދި ކުޅި ހިއްކާތީ ކަންބޮޑުވެގެން ކުޅުދުއްފުށީ އެއްވެސް ރައްޔިތަކު ނޫޅޭ ކަމަށާއި ރައްޔިތުން ބޭނުންވަނީ ތަރައްޤީކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ކުޅުދުއްފުށީ ކުޅި ހިއްކައިގެން ނަމަވެސް ކުޅުދުއްފުށީ ރައްޔިތުން ބޭނުންވަނީ އެއާޕޯޓް އެޅުން ކަމުގައެވެ.
ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާންވެސް ވިދާޅުވީ ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ އެކަމާއި ކުޅުދުއްދުށީ ރައްޔިތުން ކަންބޮޑުވެގެން ނޫޅޭ ކަމުގައެވެ. އަދި މި މަސައްކަތަކީ އެކިމަރުހަލާތަކުގައި ކުރެވެމުންދާތާ އެތައް ދުވަހެއް ވެފައިވާ މަސައްކަތެއް ކަމަށާއި ނަމަވެސް ކުޅި ހިއްކާ ވާހަކަ ބުނުމުން ކުއްލިއަކަށް ތިމާވެށީގެ ޕްރޮފެސަރުންނަށް ބައެއް ބޭފުޅުން ވެފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމުގައެވެ.
އަދި ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހިއްކަނީ ކުޅި އެއްކޮށް ނޫންކަމަށާއި ނަމަވެސް ކުޅި އެއްކޮށް ހިއްކައިގެންވެސް ރައްޔިތުން ބޭނުންވަނީ އެއާޕޯޓް އެޅުމަށް ކަމަށް ނިހާން ވިދާޅުވިއެވެ.
ކުޅުދުއްފުށީ ކުޅި ހިއްކާތީ ރައްޔިތުން ކަންބޮޑެއް ނުވޭ: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ