ޝަރުތު ތަކާއެކު ވެސް ގާސިމް ސަލާމަތް ވުމަކީ ލިބުނު އުފަލެއް- ރައީސް ނަޝީދު

ޝަރުތުތަކާއެކު ވެސް ގާސިމް އިބްރާހިމް ސަލާމަތްވުމަކީ ލިބުނު އުފަލެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދް ކުރެއްވި ޓްވީޓްގައި މިހެން ވިދާޅުވެފައި ވަނީ ޝަރުތުތަކާއެކު ގާސިމް ދޫކޮށްލަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރު ކުރެއްވުމާއި ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން ގާސިމް ދޫކޮށްލާފައި ވަނީ 7 ޝަރުތެއް ކުރުމަށް ފަހުގައެވެ. އެޝަރުތުތަކަކީ ތަހުގީގަށް އެބާރުލުން ދިނުމާއި, ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައިނުގަތުމާއި, ފިތުނަ އުފެދޭފަދަ ވާހަކަ ދައްކާ މީހުންނާ އެކު ބަައްދަލުވުންތައް ނުބޭވުމަށާއި, ހެކިގެއްލިދާނެ ނުވަތަ ހެއްކަ ނުފޫޒު ފޯރުވޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި, ފިތުނަ އުފެދޭފަދަ ފަދަ ވާހަކަ ނުދެކުމަށާއި ފިތުނަ އުފެދޭފަދަ ވާހަކަ ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރުމާއި, އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫނުކުރެވުމާއި, ދައުލަތުގެެ ތިންބާރާއި އެ ބާރުގެ ވެރިންނާއި ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމެވެ.
ގާސިމް އިބްރާާހިމް އިއްޔެ ދޫކޮށްލާފައި ވާއިރު އޭނާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެ އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ