ކައުންސިލް އިންތިހާބުގެ ފޯމު ހުށަހަޅަން ދިޔަ މީހަކު އީސީ މުުވަައްްޒަަފުުންްނަަށްް ބިރު ދައްކައިފި

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހަޅަން ހުޅުވާލާފައިވާ ފުރުސަތުގައި ފޯމު ހުށަހަޅަން ދިޔަ އާއްމު މީހަކު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް ބިރު ދައްކައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކައުންސިލް އިންތިހާބުގެ ފޯމު ހުށަހެޅުމަށް އިލެކްޝަނަށް އައި އާއްމު ފަރާތަކުން އެ ކޮމިޝަނުގެ މުވައްޒަފުންނަށް އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށެވެ.  އިލެކްޝަނުން ބުނީ އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބިރު ދައްކާ އިންޒާރު ދިނުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެފަދަ ކަންކަން ކުރާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެ ކޮމިޝަނުން އަޅަމުން ގެންދާނެ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެކޮމިޝަނުން ހާމައެއް ނުކުރެއެވެ.
Adhi efadha kan kuraa faraai thakaamedhu qaanoonigothun elhen huri hurihaa fiyavalheh EC alhaane vaahaka dhannavan.(2/2)
— Elections Commission (@ElectionsMv) February 15, 2020
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތައް ފޯމު ހުށަހެޅުމަށް އިލެކްޝަނުން ހުޅުވާލާފައިވާއިރު މި މަހުގެ 20ވަނަ ދުވަހަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނެއެވެ. ސިޔާސީ ޕާޓީތަކުން އަންނަނީ ފޯމު ހުށަހެޅުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެމްޑީޕީން ވަނީ ފޯމު ހުށަހެޅުމަށްޓަކައި އެޕާޓީގެ ޕްރައިމަރީގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރި ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައެވެ. ޕީޕީއެމްއިން ވެސް އަންނަނީ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ