އުމަރު ޖޭޕީން ވަކިވެވަޑައިގަތުމުން މައުމޫން މަރުހަބާ ވިދާޅުވެއްޖެ

ހޯމް މިނިސްޓަރު އުމަރު ނަސީރު ޖޭޕީން ވަކިވެވަޑައިގެންނެވުމުން، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައި މިވަގުތު ހުންނެވި ރައީސް މައުމޫން އުމަރަށް މަރުހަބާ ވިދާޅުވީ އެމަނިކުފާނު މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގަ އެވެ.Congratulations @UmarNaseerPPM good decision!— Maumoon Abdul Gayoom (@maumoonagayoom) February 7, 2015
ޖޭޕީން އުމަރު ވަކިވެވަޑައިގެންނެވީ އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަށް އެ ޕާޓީން ނިންމުމާ ގުޅިގެންނެވެ. ރިޔާސީ އިންތިހާބުގައި ވެސް އުމަރު ވިދާޅުވެފައި ވަނީ ރައީސް މުހައްަމދު ނަޝީދާއެކު "އެއް އޮޑިއަކަށް ނޭރޭނެ" ކަމަށާއި ޖޭޕީން ރައީސް ނަޝީދަށް ތާއިދު ކުރަން ނިންމައިފިނަމަ، އެ ޕާޓީން ވަކިވާނެ ކަމަށެވެ،
ޖޭޕީއަށް އުމަރު ގުޅިވަޑައިގެންނެވީ އޭނާ ޕީޕީއެމުން ވަކިކުރުމާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގަ އެވެ. ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި އޮޅުވާލުމާއި މަކަރު ހަދާފައިވާ ކަމަށް ބުނެ، އުމަރު ނަސީރު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން، އޭނާ މައާފަށް އެދިވަޑައި ނުގަމުތުން އުމަރު ޕީޕީއެމުން ވަކިކުރީ އެޕްރީލް 27، 2013، ގަ އެވެ.
ޕީޕީއެމްގެ ޕްރައިމަރީ ބޭއްވި ދުވަހާ ޖެހިގެން އައި ދުވަހު ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށް ފަހު އުމަރު ވަނީ ޕްރައިމަރީގައި މަކަރުހަދައި އޮޅުވާލި ކަމަށް ބުނެ ވާހަކަ ދައްކަވާފަ އެވެ. އެ ވާހަކަތަކާ ގުޅިގެން މައާފަށް އެދުމަށް ޕީޕީއެމްގެ ސުލޫކު ކޮމެޓީން ތަކުރާރުކޮށް އުމަރަށް އެންގުމުން ވެސް އޭނާ ވިދާޅުވެފައި ވަނީ މައާފަށް އެދެން ޖެހޭނީ ޕްރައިމަރީގައި ވޯޓު އޮޅުވައި މަކަރު ހެދި މީހުން ކަމަށެވެ.
ޑީއާރްޕީން ވެސް އުމަރު ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް މުޒާހަރާއެއް ބޭއްވި ކަމަށް ބުނެ އެވެ. އެ މައްސަލަ ވެސް އުމަރު ކޯޓަށް ހުށަހެޅުއްވި އެވެ. ނަމަވެސް އޭގެ ފަހުން ޕީޕީއެމް އުފެއްދުމަށް ނިންމުމުން އުމަރު ވަނީ ޑީއާރްޕީގައި ހުންނަވަން ބޭނުން ނުވާކަމަށް ވިދާޅުވެ ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާން ފައްޓަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ