ކުރަމަތި އައިލެންޑް ރިސޯރޓް އެންޑް ސްޕަރގެ މުވައްޒަފުންނަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދީފި

ކުށްމަދު އަމާން މާހައުލެއް ޤާއިމުކޮށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، އއ. ކުރަމަތި އައިލެންޑް ރިސޯރޓް އެންޑް ސްޕަރގައި ކަނޑުމަތީގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޖަނަވަރީ މަހުގެ 23 އިން 25 އަށް  ކުރަމަތި އައިލެންޑް ރިސޯރޓް އެންޑް ސްޕަރގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ކަނޑު އުޅަނދުފަހަރުގައި ސަލާމަތީގޮތުން ފުރިހަމަވާންޖެހޭ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ކަނޑު ދަތުރުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި ކަނޑުއުޅަނދު ބޭނުންކުރުމުގައާއި މީހުންނާއި މުދާ އުފުލުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.
އއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި މެރިން ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ކުރަމަތި އައިލެންޑް ރިސޯރޓް އެންްޑް ސްޕަރގައި މަސައްކަތްކުރާ 60 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ