ހޮޓަލަކުން ރުފިޔާތަކެއް ވަގަށް ނެގި މީހަކު ދެ އަހަރާއި އަށް މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ވައްކަމުގެ އެ މައްސަލައާއި ގުޅިގެން ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައިވަނީ މ. ދިއްގަރު އަޒުމް، އަހުމަދު އަސްއަދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ އަހުމަދު އަސްއަދު، 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު "އެމްބްރޯޝިޔާ" ހޮޓަލުން 20000 ރުފިޔާ ވަގަށް ނަގާފައިވާޚަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މިއީ އޭނާގެ މައްޗަށް ވައްކަންކުރުމުގެ ކުށެއް ޝަރީއަތަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ، ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލްއުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަ މަސް ދުވަހަށް، އަދި އޭނާ ވައްކަންކޮށްފައިވަނީ 10000 ރުފިޔާއަށްވުރެ މަތީ އަދަދަކުންކަމަށްވާތީ ގާނޫނުލްއުގޫބާތުގެ 132 ވަނަ މައްދާގެ ދަށުން އެއް އަހަރާއި އަށް މަސް ދުވަހަށް، އަދި އޭނާ އެ ވައްކަންކޮށްފައިވަނީ ސައި ހޮޓަލަކުންކަމަށްވާތީ ގާނޫނުލްއުގޫބާތުގެ 138 ވަނަ މާއްދާގެ ދަށުން ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ.
20 ހާސް ރުފިޔާ ވަގަން ނެގި މީހަކު ދެ އަހަރާއި 8 މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ