ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއިއެކު ރޭ ބޭއްވި ބައްދަލުވުމުގައި ގާސިމް ދެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުމަށް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޗަމްޕާ މުހައްމަދު މޫސާއާއި ގާސިމް ބައްދަލުކުރެއްވީ މީގެ ކުރިންވެސް މިދެބޭފުޅުންގެ މިފަދަބައްދަލުވުންތަށް ކުރިއަށްދާފަދައިން ރަހުމަތްތެރި ކަމުގެ ގޮތުން ކަމަށާއި ދެބޭފުޅުންނަކީވެސް ވިޔާފާރިވެރިންކަމަށްވާތީ ވިޔާފާރީގެ މަޝްވަރާތައްވެސް ދެބޭފުޅުން ކުރައްވާފައިވާ ކަމަށެވެ.
ގާސިމް އިބްރާހިމް އުއްޗުގެ ބައްދަލުވުން ހިނގަމުން ދަނިކޮށް ޓޫރިޒަމް މިނިސްޓަރު އުއްޗު އާއި ބައްދަލުކުރެއްވުމަށްޓަކައި ދިޓީވީ ހިންގާ އިމާރާތާ އިންވެގެން ހުންނަ ބަޔަށް ވަޑައިގެންނެވި ކަމަށް ވެސް އެބަޔާނުގައިވެއެވެ.
"ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ބައްދަލުވުމުން ގާސިމް އިބްރާހިމް އަދީބަށް ދަންނަވާފައިވަނީ ސިޔާސީ ގޮތުން ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާއާއި ސީޔާސީގޮތުން ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންމިނިސްޓަރ ކާރނަލް ރިޓަޔަރޑް މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވާ ދަޢުވާ އަބުރާ ގެންދިއުމަށާއި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ރައީސް ޔާމީނަށް ދަންވައިދެއްވުމަށެވެ." ޖޭޕީގެ ބަޔާނުގައިވެއެވެ.
ޖުމުހޫރީ ޕާޓީއާއި އެމްޑީޕީ އާއި ދެމެދު އެއްބަސްވެފައިވާ ގޮތުގެމަތިން ރައީސް ނަޝީދާއި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމާއި ޤާނޫނު އަސާސީގެ ހިމާޔަތުގައި ކުރެވޭ ހުރިހާމަސައްކަތެއް ކުރުމުގައި ސާބިތުކަމާއިއެކު ދެމިއޮންނާނެ ވާހަކަ ޖުމުހޫރީ ޕާޓީއާއި އެމްޑީޕީގެ މެމްބަރުންނާއި ދިވެހިރައްޔިތުންނަށް ޔަޤީންކޮށް އަރުވާ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.
ނަމަވެސް "ވަގުތަށް" އެނގިފައިވާ ގޮތުގައި އުމުރުން 65 އަހަރުވުމުން ރައީސްކަމުގެ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި އިސްލާހު އަނބުރާ ގެނައުމާއި ގުޅޭ ގޮތުން ގާސިމް އާއި އަދީބު ރޭ މަޝްވަރާ ކުރެއްވިއެވެ. އަދި މިއިސްލާހު މިހާރު ވަނީ އަނބުރާ ގެނެސްފައެވެ.
ގާސިމް ދެންނެވީ ނަޝީދު އާއި ނާޒިމް ދޫކޮށްލުމަށް - ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ