އެކްސަސައިޒް "ޖައްރާފާ 2018" ފަށައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ އެކްސަސައިޒް "ޖައްރާފާ 2018" މިއަދު ހަވީރު ފަށައިފިއެވެ."ޖައްރާފާ 2018" ފަށާފައިވަނީ، ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެތަމްރީނު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވާފައިވަނީ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގ ގެ ޕްރިންސިޕަލް ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީގެވެ. އެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުޙުރީ ގެ އިތުރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސީނިއަރ އޮފިސަރުންނާއި ފަޔަރ ފައިޓަރުންވަނީ ބައިވެރިވެފައެވެ.އެމްއެންޑީއެފްއިން ބުނީ، އެތަމްރީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން 2018 ޑިސެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ