އަބްދުﷲ ގާޒީ ހައްޔަރުކުރީ އަޅުގަނޑު ބުނެގެނެއް ނޫން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހައްޔަރުކުރި އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ހައްޔަރުކޮށް އެކަހެރި ކުރީ އެމަނިކުފާނުގެ އޯޑަރަކަށް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު، އަބްދުﷲ ގާޒީ ހައްޔަރުކުރި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް 2015 ވަނަ އަހަރު އިއްވާފައިވަނިކޮށް ޔާމީންގެ ވެރިކަން ނިމިފައިވަނިކޮށް އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ އަމުރަކާއެކު ވަގުތީ ގޮތުން މިނިވަން ވެފައެވެ.
އަދި ނަޝީދު މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ވެސް ފާސްކޮށްފައިވަނިކޮށް އެމަނިކުފާނުގެ ހުކުމް ރިވިއުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައި، ކޯޓުން ވަނީ މައްސަލައިގެ ފަހު އަޑުއެހުން މިއަދު ބާއްވާފައެވެ.
މި އަޑުއެހުމުގައި ނަޝީދު ވަނީ ކޯޓުގައި އެމަނިކުފާނުގެ މަޝްވަރާއެއް، ލަފަޔެއް އެމްއެންޑީއެފަށް ގާޒީ ހައްޔަރުކުރުމުގައި އަރުވާފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.
ޕީޖީ އޮފީހުން އަމިއްލައަށް އެދިގެން ސުޕްރީމް ކޯޓަށް ރިވިއުކުރުމުގެ މައްސަލަ ހުށައަޅާފައިވާއިރު މިއަދު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ މި މައްސަލަ އަކީ މައުލުއީގޮތުން ބަލާ، ސްޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް ކޮށްފައިވާ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ވަނީ ޓުތަކުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލަ އަލުން ރިވިއު ކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މިމައްސަލައިގެ އަޑުއެހުންތައް މިހާރު ނިމިފައިވާއިރު ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ. އަމުރު ތަންފީޒުކުރަން ފަސްކުރުމުން ނަޝީދު މިނިވަން ވެފައިވާއިރު އެމަނިކުފާނަކީ އިދިކޮޅު ކޯލިޝަންގެ މައި އެއް ލީޑަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ