އަލުން ނިޒާމީ ވޯޓަކަށް ދާކަށް އެމްއާރްއެމުން އެއްބަހެއް ނުވަން: މައުމޫން

އަލުން ނިޒާމީ ވޯޓަކަށް ދާކަަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އިން އެއްބަސް ނުވާކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ އަދާލާތު ޕާޓީއާއި އެމްއާރްއެމްއިން ނިޒާމު ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ތާއީދު ކުރިކަމަށް ވިދާޅުވެފައެވެ.
އެކަމަށް ރައްދުދެއްވާ ރައީސް މައުމޫނު މިއަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް، އަލުން ނިޒާމީ ވޯޓަކަށް ދާކަށް އެމްއާރްއެމްއިން އެއްބަސްވެފައެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން، އެމްއާރްއެމްއިން އެކަމާ ގުޅޭތޮތުން ކުރި ޓްވީޓެއްގައި ބުނީ، އެ ޕާޓީ އަބަދުވެސް ތާއީދު ކުރާނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ. އަދި އެނޫން ނިޒާމަކަށް ތާއީދު ކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާއި، އެހެން ފަރާތަކާއެކު އެއްބަސްވެފައިވެސް ނުވާނެ ކަމަށެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ގޮވާލޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް އެމްޑީޕީ އޮފީހުގައި ދަނީ ކުރަމުންނެވެ. އަދި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ތާއީދު ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެނޑިޑޭޓުންނަށް ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ