ހުޅުމާލޭގައި ބޯހިޔާވަހިކަން ހޯދާ ފަރާތްތަކަށް ބީއެމްއެލްއިން އެއް ބިލިޔަން ރުފިޔާގެ ފަންޑެއް ޤާއިމުކުރަނީ

ހުޅުމާލޭގައި ބޯހިޔާވަހިކަން ހޯދާ ފަރާތްތަކަށް އެހީވުމުގެ ގޮތުން އެއް ބިލިޔަން ރުފިޔާގެ ފަންޑެއް ޤާޢިމުކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.
ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް ހުޅުުމާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ އެމްޑީ އަދި ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، އެ ބޭންކުގެ ފަރާތުން ހުޅުމާލޭގައި ބޮޑެތި އިންވެސްޓްމެންޓުތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ބީއެމްއެލްއިން މިރޭ ހުޅުމާލޭގައި އޭޓީއެމް ސެންޓަރެއް ހުޅުވާފައިވާ އިރު، ހުޅުމާލޭގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށާއި، މިހާރުވެސް ވިޔަފާރި ކުރާ ފަރާތްތަކަށް އެހީވުމުގެ ގޮތުން އަންނަ އަހަރު އެ ބޭންކުން ހުޅުމާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވާނެ ކަމަށް ހީލީ ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލޭގައި އާބާދުވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި އެހީވުމަށް ބޮޑު އިންވެސްޓްމެންޓެއް ކުރުމަށް ނިންމާފައިވާކަން ހީލީ އިޢުލާނު ކުރެއްވިއެވެ.
"ހުޅުމާލޭގައި އާބާދުވަމުންދާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމަށް އެހީތެރިވުމުގެ ގޮތުން އެއް ބިލިޔަން ރުފިޔާގެ ހޯމް ފައިނޭންސް ފަންޑެއް ގާއިމުކުރެވޭނެ.
ހީލީ ވިދާޅުވީ ބީއެމްއެލްގެ އުންމީދަކީ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި، ހުޅުމާލޭގެ ވިޔަފާރިތަކަށް އެހެން އެއްވެސް ބޭންކަކަށް އެހީތެރި ނުވެވޭނެ މިންވަރަކަށް އެހީތެރިވެދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ