އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ކްރިސްޓަލް ޕެލަސް ބަލިކޮށް ތާވަލްގެ އެއްވަނާގައި އާސެނަލް ހަމަޖެހިލައިފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް އެޓީމް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.
މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ 39 ވަނަ މިނެޓް ތެރޭގައި އެޒޭ އެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ ހިލޭ ޖެހުމަކުން ލިބުނު ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޕެނަލްޓީ ސްޕޮޓްމަތިން ކަހަލަގޮތަކަށް ފޮނުވާލި ބޯޅަ ފޮނުވާލިއިރު، ކީޕަރަށް އެ ހަމަލާ މަތަކުރުމަށް ފުރުސަތެއް ނުލިބުނެވެ.
ރޭގެ މެޗްގައި އެންމެ ފުރަތަމަ ގޯލަށް ނުރައްކާކުރަން ފެށީ ކްރިސްޓަލް ޕެލަސްއެވެ. ނަމަވެސް އާސެނަލުން ފަހުން ވަނީ ކްރިސްޓަލްގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. ރޭގެ މެޗަކީ ޕްރިމިއާ ލީގްގައި އާސެނަލަށް ލިބުނު 700 ވަނަ މޮޅެވެ.
މެޗަށްފަހު އެޓީމް މިހާރު އޮތީ ކުޅުނު 9 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ.
ލީގް ޓޭބަލް
ޕްރިމިއާ ލީގްގައި ރޭ އާސެނަލް މޮޅުވިއިރު، އެޓީމްވަނީ ޕްރިމިއާ ލީގްގައި މިފަހުން ކުޅުނު 6 މެޗުން މޮޅޫވެފައެވެ. އަދި އެޓީމްވަނީ މިފަހުން ހުރިހާ މުބާރާތްތަކެއް ހިމަނައިގެން އެންމެފަހުން ކުޅުނު 10 މެޗުންވެސް މޮޅުވެފައެވެ.
ކްރިސްޓަލް ޕެލަސްއަތުން އާސެނަލަށް މުހިންމު މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ