ރިފްރިޖުރޭޓަރުން ދަރިފުޅުގެ ހަށިގަޑުގެ ބައިތައް ފެނުމުން މަންމަދިޔައީ ސިހިގެން

މާލެޝްވާރަމްގައި ހުންނަ ކޮސްޓިއުމް އައުޓްލެޓެއް ކަމަށްވާ ފެޝަން ފެކްޓްރީގައި ޓީމް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެނެއްގެ ހަށިގަނޑުގެ ބައިއިތައް ފްރިޖެއްގެ ތެރެއިން ފެނިއްޖެއެވެ. ފެޝަން ފެކްޓްރީގައި ޓީމް ލީޑަރ މަހާލަކްޝަމީގެ ހަށިގަނޑުގެ ބައިތައް ފެނުނީ އޭނާ ދިރިއުޅޭގޭގައި ހުންނަ ރެފްރިޖިރޭޓަރުގެ ތެރެއިންނެވެ. މަހާލަކްޝަމީ ދިރިއުޅެމުންދިޔައީ ބެންގަލޫރުގެ ޖީ+3 އިމާރާތެއްގެ ފުރަތަމަ ފަންގިފިލާގައެވެ.
މީނާ ރާނާ އާއި އޭނާގެ ފިރިމީހާ ޗަރަން ސިންގް އަކީ މީގެ 35 އަހަރު ކުރިން ބެންގަލޫރަށް ބަދަލުވެފައިވާ ނޭޕާލްގެ ޓިކާޕޫރަށް ނިސްބަތްވާ ބައެކެވެ. މަހާލަކްޝްމީގެ އިތުރުން މި ދެމަފިރިންނަށް ތިން ކުދިން ތިބެއެވެ. އެކުދިންނަކީ ލަކްޝްމީ، އުކުމް ސިންގް އަދި ނަރޭޝްއެވެ. 
މަހާލަކްޝްމީ ކައިވެނި ކޮށްގެން އުޅުނީ ނޭލަމަންގަލާގައި ދިރިއުޅޭ ހެމަންތު ދާސް ކިޔާ މީހަކާއެވެ. ހެމަންތު ދާސްއަކީ މޯބައިލް ފޯނު އެކްސެސަރީޒް ފިހާރައެއް ހިންގާ މީހެކެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއްސުރެ އެ ދެމަފިރިން އުޅެނީ ވަކިންނެވެ. 
މަހާލަކްޝްމީގެ ބޭބެ އުކުމް ސިންގް އާއި އޭނާގެ އަންހެނުން ދީޕިކާ ވެސް ގާތްގަނޑަކަށް 15 ދުވަސް ވަންދެން މަހާލަކްޝްމީ އުޅޭ ގޭގައި ތިއްބެވެ. ފަހުން މަހާލަކްޝްމީ އާއި އުކުމް ސިންގް އާއި ދެމެދު ޒުވާބު އުފެދި އަންހެނުންނާ އެކު އުކުމް ސިންގް މަރާތަހައްލީއަށް ބަދަލުވިއެވެ.
މީނާ ރަނާ ބުނާ ގޮތުން އޭނާ ވަރަށް ގިނައިން އޭނާގެ އަންހެން ދަރިފުޅުގެ ހާލު ބަލަން ދެއެވެ. އެހެންނަމަވެސް ކޮށާލާފައިވާ މަހާލަކްޝަމީގެ ހަށިގަނޑުގެ ބައިތައް ފެނުމުގެ އެއްދުވަސް ކުރިން އެ އެޕާރޓްމަންޓުން ކުނިވަހެއް ދުވާކަމުގެ މައުލޫމާތު ލިބުނީ އެހިސާބު ގަނޑުގެ މީހެއްގެ ފުށުން ދަރިންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް މަހާލަކްޝަމީގެ މަންމަ މީނާ ރާނާ (58އ) ބުނެއެވެ. މަހާލަކްޝްމީގެ އަވަށްޓެރިއަކު މަހާލަކްޝްމީގެ ބޭބެ އުކުމް ސިންގް އަށް އެ ވަސް ދުވާކަން އަންގާފައިވާ ކަމަށްވެއެވެ.
މަހާލަކްޝަމީ އެޕާރޓްމަންޓުން ނުބައިވަހެއް ދުވާކަމަށް އުކުމް ސިންގް ބުނެފައިވާކަން މީނާ ރަނާއަށް ހުކުރު ދުވަހު އަންގާފައިވަނީ މީނާ ރަނާގެ ދޮށީ އަންހެން ދަރިފުޅު ލަކްޝްމީއެވެ. މިނާ ރާނާއަށް އެކަން އެނގުނީ ހުކުރު ދުވަހުގެރޭގެ 7 ޖެހިފަހުން ކަމަށްވާތީ މަހާލަކްޝަމީގެއަށް ހޮނިހިރު ދުވަހު ހެދުނުން ދާން މީރާ ރަނާ ނިންމިއެވެ. ހޮނިހިރު ދުވަހު ލަކްޝްމީ އާއި އޭނާގެ ފިރިމީހާ އިމްރާނާ އެކު އެގެއަށް ޒިޔާރަތް ކުރިއިރު ފެނުނީ ބޭރުން ދޮރު ތަޅުލާފައި ހުރިތަން ކަމަށް މީރާ ރަނާ ބުންޏެވެ. އެމީހުންނަށް އެ އެޕާޓްމަންޓަށް ވަދެވުނީ އެހެން އަވަށްޓެރިއެއްގެ އަތުން ސްޕެއާ ތަޅުދަނޑިއެއް ލިބުމުންނެވެ.
"އަހަރެމެން އެޕާޓްމަންޓަށް ވަދެގެން ދިޔައިރު ފެނުނީ މުޅިން ފަޅާލާފައިވާ ތަނެއް. ސިޓިންރޫމަށް އެއްލާލާފައި އޮތް ހެދުމާއި ފައިވަނާއި ދަބަހާއި ސޫޓްކޭސްއެއް ވެސް ހުރި. ރިފްރިޖިރޭޓަރ ކައިރީގައި ބައެއް އަސަރުތައް ހުރިއިރު ލޭގެ ކުލަ ވެސް ހުރި. ފްރިޖް ހުޅުވާލުމާއެކު ސިއްސައިގެންގޮސް ބޭރަށް ދުއްވައިގަނެވުނު." މީރާ ރާނާ ކިޔާދިނެވެ. ވަގުތުން ފުލުހުންނަށް އެކަން އެންގުމުން އެ މައްސަލަ ފުލުހުންވަނީ ރަޖިސްޓްރީކޮށް ބަލަން ފަށަފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ