ޓޫރިޒަމް ޑިވެލޮޕްމެންޓު ފަންޑު ގާއިމުކުރުމަށް ދެ ބޭންކަކާއެކު މަޝްވަރާ ފަށައިފިން: ފައިސަަލް

އިތުރަށް ފައިސަލް ފާހަގަކުރެއްވީ ރާއްޖޭގެ ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކުގެ އިންޓެރެސްޓު ރޭޓު ބޮޑުވުމުގެ ސަބަބުން އަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް ހަރަދުކުރުމަށް ޓޫރިޒަމް ޑިވެލޮޕްމެންޓު ފަންޑެއް ގާއިމުކުރުމަށް ރާއްޖޭގެ ދެ ބޭންކަކާއެކު މަޝްވަރާތައް ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ. 
އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ފުވައްމުލަކު ސިޓީ ކައުންސިލުން ބޭއްވި "ފުވައްމަލައް ޓޫރިޒަމް އެވޯޑް 2024"ގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ޑިވެލޮޕްމެންޓު ފަންޑާ ގުޅޭ ގޮތުން މަޝްވަރާކުރައްވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ކަމަށެވެ. 
ފައިސަލް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުން އަންނަ އެކި ސަރަހައްދުތަކށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ސަރަހައްދުތަކުގައި އަލަށް ފަތުރުވެރިކަމަށް އަލަށް ވަންނަން ބޭނުންވާ މީހުންނަށް ވިޔަފާރި ފެށުމަށް ބޭނުންވާ ފައިސާ ލިބުމުގައި ކުރިމަތިވާ ދަތިކަމެވެ. 
އިތުރަށް ފައިސަލް ފާހަގަކުރެއްވީ ރާއްޖޭގެ ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކުގެ އިންޓެރެސްޓު ރޭޓު ބޮޑުވުމުގެ ސަބަބުން އަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ. 
"އެހެންކަމުން މިކަމުގެ މަސައްކަތް އަޅުގަނޑުމެން ބީއެމްއެލް އާއި އެމްއައިބީ އާއި ގުޅިގެން މިދަނީ ކުރަމުން. އަދި ހާއްސަކޮށް ވޯލްޑްބޭންކުގެ އައިއެފްސީ އާއިއެކު ބޭއްވި ރަސްމީ ބައްދަލުވުމުގައިވެސް މިވާހަކަވާނީ ދެއްކިފަ.،" ފައިސަލް ވިދާޅުވި އެވެ. 
އިތުރަށް ފައިސަލް ވިދާޅުވީ ބޭންކުތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ގާއިމުކުރާ ފަންޑުގެ އިންޓެރެސްޓު ރޭޓެއް ހޯދައި އެ ފަންޑުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލޯނު ދޫކުރެވެން ފެށޭނެ ކަމަށެވެ. 
މިނިސްޓަރު ޒުވާނުންނަށް އިލްތިމާސް ކުރެއްވީ ބޭންކުތަކުގެ ތެރެއިން ފަށާ ޕްރޮގުރާމުގެ ބޭނުން ހިފައި ފަތުރުވެރިކަމުގެ ތެރެއަށް ނުކުތުމަށެވެ. 
އަދި މިނިސްޓަރު ވިދާޅުވީ ގެސްޓުހައުސް ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީގައި ވަކި ޑިޕާޓެއް ގާއިމުކުރައްވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ލޯކަލް ޓޫރިޒަމް ދާއިރާއަށް ލުއިފަސޭހަތަކެއް ލިބޭނެ ކަމަަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ