އެމްޓީސީސީއަށް ލިބެންޖެހޭ ފައިސާ ތިން ބިލިއަނާ ގާތަށް

އެމްޓީސީސީން އާންމުކޮށްފައިވާ ކުއާޓާލީ ރިޕޯޓުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓާ ނިމުނުއިރު އެ ކުންފުންޏަށް ލިބެންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ އަދަދު ތިން ބިލިއަނާ ގާތަށް އިތުރުވެފައިވާކަން އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފި އެވެ. 
އެމްޓީސީސީން އާންމުކޮށްފައިވާ ކުއާޓާލީ ރިޕޯޓުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓާ ނިމުނުއިރު އެ ކުންފުންޏަށް ލިބެންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެ މުއްދަތުގައި އެ ކުންފުނިން އެކި ފަަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރަ އެވެ. 
އެ ކުންފުނިން ދަރަންޏަށް ނަގާފައިވާ ފައިސާގެ އަދަދު 372.9 މިލިއަން ރުފިޔާއަށް އަރާއިރު ބޭންކް އޮވާޑްރާފްޓުގެ ގޮތުގައި ދައްކަންޖެހޭ 31.01 މިލިއަން ރުފިޔާ އޮތްކަން ކުންފުނީގެ މާލީ ހިސާބުތަކުން ދައްކަ އެވެ. 
ކުންފުނިން އަދާކުރަންޖެހޭ ޖުމްލަ މާލީ އިލްތިޒާމުތައް 3.8 ބިލިއަން ރުފިޔާއަށް އަރާކަން އެމްޓީސީސީގެ ހިސާބުތަކުން ދައްކަ އެވެ. 
ކުންފުންޏަށް ލިބެންޖެހޭ ފައިސާ ތިން ބިލިއަނާ ގާތްކުރާ އަދަދަކަށް އިތުރުވެފައިވާއިރު އެ ކުންފުންޏަށް މި އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު އާމްދަނީވެސް ދިޔައީ ދަށަށެވެ. ފައިދާވަމުން އައި ކުންފުންޏަށް އަހަރުގެ ދެވަނަ ކުއާޓާ ނިމުނުއިރު ގެއްލުންވެފައިވާކަން ހިސާބުތަކުން ދައްކަ އެވެ. 
މި އަހަރުގެ ފުރަތަމަ ކުއާޓާާގައިވެސް އެމްޓީސީސީގެ އާމްދަނީ ދަށްވި އެވެ. ނިމުނު އަހަރުގެ ފަހު ކުއާޓާގައި 745.9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކުންފުންޏަށް މި އަހަރު ފުރަތަމަ ކުއާޓާގައި ލިބުނީ 664.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް ނިމުނު އަހަރުގެ ފަހު ކުއާޓާގައި 33 މިލިއަން ރުފިޔާގެ ގެއްލުންވި ކުންފުންޏަށް އަހަރުގެ ފުރަތަމަ ކުއާޓާގައި 5.2 މިލިއަން ރުފިޔާގެ ފައިދާ ލިބުނެވެ. 
އެމްޓީސީސީއަކީ ސަރުކާރުން އެންމެ ގިނަ މަޝްރޫއު ހިންގާ ކުންފުންޏެވެ. އެ ކުންފުނިން މިހާރުވެސް 200 އަށްވުރެ ގިނަ މަޝްރޫއު ހިންގަމުން ދެއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ކުރީ ސަރުކާރުގައި އެމްޓީސީސީއާ މަޝްރޫއުތައް ހަވާލުކުރީ ކުންފުނީގެ ކެޕޭސިޓީއަށް ބެލުމެއް ނެތި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ