ކޮންމެ ތެޔޮ ލީޓަރަކުން 50 ސެންޓް ސައީދުގެ ޔޫއޭއީގެ މަޝްރިގް ބޭންކުގެ 32 އިން ނިމޭ އަކައުންޓަށް

ބަންކަރިން އިން ލިބޭ އާމްދަނީ އިން ވިޓޯލްއިން އިން ރިޝްވަތުގެ ގޮތުގައި, ކޮންމެ ތެޔޮ ލީޓަރަކުން 50 ސެންޓު ސައިޑުގެ ޔޫއޭއީގައި ހުންނަ މަޝްރިގް ބޭންކުގެ 32 އިން ނިމޭ އަކައުންޓަކަށް ޖަމާވާ ގޮތަށް އެކޮނޮމިކް މިނިސްޓަރަކަށް މިހާރު ހުރި ސައީދު ވިޓޯލް އާއި އެކު ޑީލް ހަދާފައި ވާކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
ބަންކަރިންގ ޚިދުމަތަށް ބޭނުން ކުރަން ހަމަޖެހިފައިވަނީ ވިޓޯލްގެ އުޅަނދެއް ކަމަށާއި, އަދި މި ޚިދުމަތް ދެނީ އެ ކުންފުނީގެ މުއައްޒަފުން ކަމަށް މައުލޫމާތު ލިބެއެވެ. ބަންކަރިންގ ޚިދުމަތް ދިނުމަށް މި މަސައްކަތް ބޮޑު ކޮރަޕްޝަނަކާއި އެކު ކުރިއަށް ގެންދިޔުމަށް ސައީދު ކުރާ މަސައްކަތުގައި މުއިއްޒުގެ ބައިވެރިވުން އޮތް މިންވަރެއް ސާފެއް ނުވެއެވެ.
މުއިއްޒު މިކަމާއި ގުޅޭ ގޮތުން ބޭއްވި ރަސްމިއްޔާތަށް ވަޑައި ނުގަތީ ސައީދުއާއި އެކު އޭނާވެސް މި ކޮރަޕްޝަނުގައި ބައިވެރި ވެފައިވާތީ, އަދި އެކަން އާންމުންނާއި ހަމައަށް ހާމަ ވާއިރު, މުއިއްޒުގެ ނަން އޭގައި އޭނާ ހިމަނަން ބޭނުން ނުވާތީ ކަމަށް ބެލެވެއެވެ. މުއިއްޒު ވަނީ މީގެ ކުރިން ރައީސް ސޯލިހް ނިންމާފައި ހުރި ޕްރޮޖެކްޓްތަކުގެ ރިބަން ކެނޑުމަށް ވެސް ވަޑައިގެން އޭގެ ކްރެޑިޓް ނެގޭތޯވެސް މަސައްކަތް ކޮށްފައެވެ. އަދި ސަރުކާރަށް އެއްވެސް ކަމެއް ހާސިލް ނުވެ 10 މަސް ނިމިގެން ދާއިރު, މުޅި އިޤްތިސާދު ސިންދަފާދު ކުރަނީ ކަމަށް ބުނެ ޕްރޮމޯޓް ކުރި ރަސްމިއްޔާތަކަށް މުއިއްޒު ވަޑައި ނުގަތީ މި ސަބަބާއި ހުރެ ކަމަށް ބެލެވެއެވެ.
މިއީ ސައީދު އެބުނާ މިންވަރަށް 400 މިލިއަން ޑޮލަރު މަހަކަށް ލިބޭ ވަރުގެ ބޮޑު މަޝްރޫޢެއް ނޫނެވެ. މި ފަދަ ގޮތަކަށް ދޮގު ހަދައިގެން މިއީ ބޮޑު މަޝްރޫޢެއް ކަމަށް ދައްކަން މިކަން ފެށި އެމްޑީޕީ ސަރުކާރުން އޭރުވެސް މަސައްކަތް ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ