ކުޑަކުއްޖަކާ ބެހުނު މީހަކު ހައި ކޯޓުން ސަލާމަތެއް ނުވި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ކުރި ހުކުމަކަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
ދ. ބަނޑިދޫ މީހެއްގެ މައްޗަށް އެ ހުކުމް އައީ 2019 ވަނަ އަހަރު އޭނާގެ އަނބިމީހާގެ ދައްތަގެ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އޭނާ 15 އަހަރަށް ޖަލަށް ލާން ހުކުމް ހުކުމްކުރީ ކްރިމިނަލް ކޯޓުންނެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތަހުގީގުގައި ކިޔައިދީފައިވާ ވާހަކަތައް އެތެރެ ފުށާއި ބޭރުފުށުން އެއްގޮތް ކަމަށެވެ. އެ ވާހަކަތައް އެ ކުއްޖާގެ މަންމަ އަށް ކިޔައިދިން ކަމަށް މަންމަގެ ހެކިބަހުން ސާފުކޮށް އެނގޭ ކަމަށާއި އެކަމުގައި ފުށުއެރުންތަކެއް ނެތް ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ އެ މީހާ ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ