ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފެތުރިފަދަ ބުހުތާނު ދޮގު ވާހަކަތައް ބަޔަކު ފަތުރަމުން ގެންދާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވޯޓް ނަގާ ވަގުތު ހިޔާ އަވަށުން ކަރަންޓް ކަނޑާލަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ކަރަންޓް ކުންފުނި -- ސްޓެލްކޯ އިން ދޮގު ކޮށްފި އެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފެތުރިފަދަ ބުހުތާނު ދޮގު ވާހަކަތައް ބަޔަކު ފަތުރަމުން ގެންދާ ކަމަށެވެ.އެގޮތުން ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް އިންތިހާބުގެ ދެވަނަ ބުރާއި ގުޅުވައިގެން ވެސް އެ ވާހަކަތައް ގެންދަނީ ފަތުރަމުން ކަމަށާ ނަމަވެސް އެއީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ވާހަކަތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.އިންތިހާބާ ގުޅިގެން ދެ ކެންޑިޑޭޓުންނާއި ގުޅޭގޮތުން ހަގީގެއް ދޮގު ވާހަކަތައް ދަނީ ފަތުރަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ވޯޓްގެ ދުވަހު ކަރަންޓް ކަނޑާ ވާހަކަ އަކީ ދޮގެއް: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ