ކުޅުދުއްފުށީގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފަ ހުންނަތާ ގިނައިރުތަކެއް

ކުޅުދުއްފުށީގެ ބޮޑު ސަރަހައްދަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ. ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 7 ޖަހާއެހާއިރު އެވެ.
ފެނަކައިން ބުނީ، ކަރަންޓް ކެނޑުނީ 1 ނަމްބަރު ސަބްސްޓޭޝަންގެ ޓްރާންސްފޯމަރުގެ ހައިވޯލްޓޭޖް ސްވިޗް ހަލާކުވެގެން ކަމަށެވެ. އެހެންވުމުން އެ ސަރަހައްދުގެ ބޮޑު ބަޔަކުން އަދިވެސް ވަނީ ކަރަންޓް ނުލިބި އެވެ.
ކަރަންޓް ކެނޑުނު ސަރަހައްދަކީ ސަރުކާރުގެ ގިނަ އިދާރާތަކާއި ގިނަ އަދަދެއްގެ ވިޔަފާރިތަކެއް ހުންނަ ސަރަހައްދުކަމުން އާންމު ހިދުމަތްތަކަށްވަނީ ހުރަސް އެޅި އެވެ. އެގޮތުން ޕޯޓާއި ޕޮލިސް ސްޓޭޝަނާއި އެމްއެންޑީއެފް، ކަސްޓަމްސް ފަދަ އިދާރާތަކުގައި ކަރަންޓެއް ނެތެވެ.
ކަރަންޓް މައްސަލަ ހައްލުކުރުމަށް ފެނަކަ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާއިރު ސީދާ ކަރަންޓް ފޯރުކޮށްދެވޭނެ ވަގުތެއް ހާމައެއް ނުކުރެ އެވެ. އެކަމަކު މައުލާމާތު އެނގޭ ފަރާތްތަކުން ކޭއޯއަށް ބުނީ، ރޭ ވުމުންގެ ކުރިން މައްސަލަ ހައްލުކުރެވޭތޯ މަސައްކަތްކުރަމުންދާ ކަމަށެވެ.
ކަރަންޓް ނެތުމުގެ ސަބަބުން އެ ސަރަހައްދުގެ ވިޔަފާރިތައްވެސް ވަނީ ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ