ވަގުތީ ހައްލެއް ގެނެސް ދޮންފަނަށް ކަރަންޓް ދީފި

ފެނަކަ އިން ބުނީ ދޮންފަނަށް އިތުރު ޖެންސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބ. ދޮންފަނު އިންޖީނުގޭގައި ހިންގަމުން ދިޔަ ޖެނެރޭޓަރު ތަކަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދީފި އެވެ. 
އެ ރަށުގައި ކަރަންޓްގެ ހިދުމަތް ދެނީ ފެނަކަ އިންނެވެ. އެ ކުންފުނިން ބުނީ ދޮންފަނު އިންޖީނުގޭގައި ހިންގަމުން ދިޔަ ޖެނެރޭޓަރު ތަކަށް ދިމާވި މައްސަލަ އަކާ ގުޅިގެން މުޅި ރަށުން ކަރަންޓު ހިދުމަތް މެދުކެނޑުނު ކަމަށެވެ.މިކަން ހައްލު ކުރުމުގެ ޖެންސެޓް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ އާއި އެކު ޓެކްނިކަލް ޓީމް އެއް ބ. ދޮންފަނުގައި މަސައްކަތް ކޮށް ދިމާވި މައްސަލައަށް ވަގުތީ ހައްލެއް ގެނެވިފައިވާ ކަމަށެވެ. އަދި ހަވީރު 5:45 ގައި މުޅި ރަށަށް އަލުން ކަރަންޓް ދީފައިވާ ކަމަށެވެ.ފެނަކަ އިން ބުނީ ދޮންފަނަށް އިތުރު ޖެންސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ